A wide advertisement which will be shown on all devices. (700 x 100)

އެމް.ޖޭ.އެމް ސްކޫލް ގައި މަލްޓިޕާޕަސް ހޯލަކާއި އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ…

ފުވައްމުލަކު ހޮސްޕިޓަލް- ފައިލް ފޮޓޯ

 އެމް.ޖޭ.އެމް ސްކޫލް ގައި މަލްޓިޕާޕަސް ހޯލަކާއި  އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން  އިއުލާންކޮއް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިންGC01-2 ,GC01-1 އަދި GC01-03 ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 ޖޫން 2016 އިން 17 ޖުލައި 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް (ރަމަޟާންމަހުގެ 10:30 އިން 13:30 އަށް)  ފިނޭންސް މިނިސްޓަރީއަށެވެ.

ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ ބިޑްސެކިޔުރިޓީ ގެ އަދަދަކީ 80،000ރ އެވެ. އަދި  އެމް.ޖޭ.އެމް ސްކޫލް ގައި މަލްޓިޕާޕަސް ހޯލްގެ ބިޑް ސެކިއުރިޓީއަކީ 50،000ރ އެވެ. މި އަދަދުތަކަށް ކޮންމެ މަސައްކަތަކަށް ވަކިން ބިޑް ސެކިއުރިޓީ  ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެކަމަށް ފިނޭންސް މިނިސްޓރީ އިން ހާމަކުރައްވައެވެ.

މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 29 ވާ ބުދަ ދުވަހުގެ 10:30 ގައި، ފިނޭސް މިނިސްޓަރީގެ  ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓރީގެ  ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެކަމަށް ފިނޭސް މިނިސްޓަރީ އިން ހާމަކުރައްވައެވެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !