A wide advertisement which will be shown on all devices. (700 x 100)

އަންހެނުން ކޮމެޓީގެ ދެކުނު ދާއިރާގެ ވޯޓުލުން މާދަމަ

ދެކުނު ދާއިރާގެ އަންހެނުން ކޮމެޓީއަސް ކުރިމަތިލި 1. ޒުނޭރާއާއި 2. ހަނީފާ

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުވައްމުލަކު ދެކުނު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުން މާދަމާ އޮންނާނެއެވެ.

މިއިންތިޚާބުގައި ވޯޓުން ބާއްވަނީ ދެ މަރުކަޒެއްގައެވެ. އެއީ ދޫނޑިގަމު އަވަށު މީހުން ވޯޓުލުމަށް ފުވައްމުލައްކު ސްކޫލް (އެފްއެސް) ގައި ބަހައްޓާ ވޯޓު ފޮށްޓާއި ފުނާޑު އަވަށު މީހުން ވޯޓު ލުމަށް ހާފިޒު އަހުމަދު ސްކޫލް (ހޭޒް) ގައި ބަހައްޓާ ވޯޓް ފޮށްޓެވެ. ވޯޓު ލުން އޮންނާނީ ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ. މިދާއިރާގައި ފުނާޑު އަވަށާއި ދޫނޑިގަމު އަވަށެވެ.

މި އިންތިޚާބުގައި ވޯޓުލެވެނީ އުމުރުން 18 އަހަރު ފުރިފައިވާ ފުވައްމުލަކު ދެކުނު ދާއިރާގައި ރަޖިސްޓްރީ ވެފައިވާ އަންހެނުންނަށް އެކަންޏެވެ. މި އިންތިޚާބުގައި ވޯޓް ލުމުގެ ޝަރުތު ފުރިހަމަވާ 618 މީހުން މިދާއިރާގައި ވޯޓަރސް ލިސްޓްގައި ހިމެނެއެވެ.

މި އިންތިޚާބުގައި ވާދަކުރަނީ ދެފަރާތަކުންނެވެ. އެއީ

1. މަރިޔަމް ޒުނޭރާ

2. ހަނީފާ އިބްރާހިމް

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އާއްމުކޮށް ވޯޓުލަނީ ނިސްބަތުން މަދު ބައެކެވެ. ފާއިތުވި އަންހެނުން ކޮމެޓީގެ އިންތިޚާބުގައި ވެސް ވޯޓު ލާފައިވަނީ ވެސް %50 އަށް ވުރެ މަދުންނެވެ.

ފުނާޑު  %38.0

ދޫނޑިގަން %43.1

ފާއިތުވި އިންތިާޚބުގައި އެންމެ ގިނަ މީހުން ވޯޓުލާފައި ވަނީ މި ދާއިރާއިންނެވެ. އަދި ޚާއްސަކޮށް ދޫނޑިގަމު އަވަށުންނެވެ. ގިނަ ކެންޑިޑޭޓުންތަކެއް މިދާއިރާއަށް އެފަހަރު ވާދަކުރުމުގެ ސަބަބުން ކޮންމެ މީހަކަށް ވެސް ލިބުނު ޖުމްލަ ވޯޓް ވަނީ މަދުވެފައެވެ.

ވީހާވެސް އަވަހަކަށް ވޯޓުލުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

ފާއިތުވި އަހަރު، 2018 ޑިސެމްބަރު ގައި ބޭއްވުނު އތމ ކޮމެޓީއަށް ހޮވުނު މެންބަރުންނަށް ލިބުނު ވޯޓު 2019

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !