A wide advertisement which will be shown on all devices. (700 x 100)

އަންހެނުން ކޮމެޓީގެ ދެކުނު ދާއިރާގެ މެމްބަރުކަމަށް ހަނީފާ އިންތިޚާބުވެއްޖެ

މިއަދު ބޭއްވި އަންހެނުން ކޮމެޓީގެ އިންތިޚާބުގެ ދެކުނުދާއިޜާގެ ގޮންޑި ކާމިޔާބު ކުރި ހަނިފާ އިބްރާހިމް

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުވައްމުލަކު ދެކުނު ދާއިރާއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކެންޑިޑޭޓް ނަމްބަރު 2 ހަނީފާ އިބްރާހިމް ކާމިޔާބުކޮށްފިއެވެ.

މި އަދު ބޭއްވި އިންތިޚާބު ހަނީފާ ކާމިޔާބުކުރީ އޭނާއާއި ވާދަކުރި މަރިޔަމް ޒުނައިރާ އަށްވުރެ 96 ވޯޓު އިތުރަށް ހޯދައިގެންނެވެ. ބާތިލް 4 ވޯޓާއެކު މުޅިއެކު ވޯޓު ލާފައި ވަނީ 386 މީހުންނެވެ.

މިއިންތިޚާބުގައި ވޯޓުލުން ބޭއްވި ފުނާޑު އަވަށު ހާފިޒު އަހުމަދު ސްކޫލުގައި ބެހެއްޓި ވޯޓު ފޮށްޓާއި ދޫނޑިގަމު އަވަށުގައި، ފުވައްމުލައްކު ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ޖުމްލަ ވަގުތީ ނަތީޖާ:

1. މަރިޔަމް ޒުނޭރާ  ގޯލްޑަންގޭޓް/ ދޫނޑިގަން  ލިބުނު ވޯޓު 143، %37

2. ހަނީފާ އިބްރާހިމް ދޫހެނބެރިގެ /ދޫނޑިގަން  ލިބުނު ވޯޓު 239، %62

ހޭޒްގައި ބެހެއްޓި ވޯޓު ފޮށްޓަށް 117 މީހުން ވޯޓު ލީ އިރު އެފްއެސްގައި ބެހެއްޓި ފޮށްޓަށް 269 މީހުން ވޯޓު ލާފައި ވެއެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގުލިބިފައި ވަނީ 1331 މީހުންނަށެވެ.

މިއިންތިޚާބު ކާމިޔާބު ހަނީފާ ކުރުމާއެކު މިދައުރުގައި އަންހެންނުންގެ ކޮމެޓީގެ ބާކީ އޮތް ދުވަސްތަކަށް އޭނާ މިވަނީ އިންތިޚާބު ވެފައެވެ. ނަމަވެސް މަގާމާއި ހަވާލުވެވޭނީ ރަސްމީކޮށް އޭނާ މަގާމަށް އައްޔަން ކުރުމުންނެވެ.

އ.ތ.މ ކޮމެޓީގެ މިހާރު ތިބި ދެމެމްބަރުންާއި އަލަށް އިންތިޚާބުވި މެންބަރު ހަނީފާ

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އާއްމުކޮށް ވޯޓުލަނީ ނިސްބަތުން މަދު ބައެކެވެ. ފާއިތުވި އަންހެނުން ކޮމެޓީގެ އިންތިޚާބުގައި ވެސް ވޯޓު ލާފައި ވަނީ %50 އަށް ވުރެ މަދުންނެވެ.

މިފަހަރުގެ އިންތިޚާބުަގއި ވޯޓު ލާފައިވަނީ %20 މީހުންނެވެ. މީގެކުރީ ފަހަރު ވޯޓު ލާފައިވަނީ ފުނާޑު އަވަށުން %38.0 އަދި  ދޫނޑިގަމުން %43.1 މީހުންނެވެ.

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއަކީ އުތުރު ދާއިރާގެ މެމްބަރު އާސިފާ އިބްރާހިމް އެވެ. ކޮމެޓީގައި މިވަގުތު ނާއިބު ރައީސަކު ނެތެވެ. ދެން ހިމެނެނީ މެދު ދާއިރާގެ މެންބަރު މަރިޔަމް ހަސަން ދިދީއެވެ.

އަންހެނުންގެ ކޮމެޓީގެ ބައި-އިލެކްޝަނގެ ވަގުތި ނަތީޖާ 2019 ނޮވެމްބަރ

އަންހެނުން ކޮމެޓީގެ އިންތިާޚބުގެ ވޯޓުލުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !