A wide advertisement which will be shown on all devices. (700 x 100)

އެންމެ އަލިގަދަ ތަރި 1437 ގުރުއާން މުބާރާތުގެ 4 ވަނަ އާއެކު މުފީދު މުބާރާތާއި އަލްވަދާއު ކިޔައިފި

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ފަހު ބުރުގެ ބައިވެރިން: ފޮޓޯ:އެންމެ އަލިގަދަ ތަރި ފޭސްބުކު ޕޭޖް

ޓީވީއެމުން ކުރިޔަށްގެންދާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1437 ގުރުއާން މުބާރާތުގެ 4 ވަނަ އާއެކު ފުވައްމުލަކުގެ އެންމެ ފަހު ބައިވެރިޔާ ހޯދަޑު، ވީދާތަރި އަބްދުﷲ މުފީދު މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި ފުވައްމުލަކުގެ އޯޑިޝަނުން 8 ބައިވެރިޔަކު ވާދަކުރިއިރު ފަހު ބުރުގައި ފުވައްމުލަކު އޯޑިޝަނުގެ 4 ބައިވެރިޔަކު ވާދަކޮށްފައިވެއެވެ. އެއިގެތެރެއިން އައްޑޫއަށް ނިސްބަތްވާ ތޯލިބު ވަނީ މުބާރާތުގެ ގަދަ 3 ބައިވެރިންނާއެކު ފައިނަލުގައި ވާދަކުރުމަށް ހޮވިފައެވެ.

މުބާރާތުން ފުވައްމުލަކުގެ ބައިވެރިންގެ ތެރެއިން އެންމެ ކުރިޔަށް ދެވުނު އަލްހާފިޒު އަބްދުﷲ މުފީދަށް މިދެވުނީ 4 ވަނައާއި ހަމައަށެވެ. އަދި 7 ވަނައަށް ހައްވާ ސައުސަން ދިޔައިރު އަލްހާފިޒު އަލީ އިބްރާހިމް ދީދީ ދިޔައީ 9 ވަނައަށެވެ.

މިހާރު ރެކޯޑިން ނިމިފައިވާ މިބުރުގެ ކިޔެވުން އަދި ޓީވީއެމުން ނުދައްކައެވެ. ލަފާ ކުރެވޭ ގޮތުން ވަރަށް އަވަހަށް ޓީވީއެމުން މިބައި ދައްކާނެއެވެ.

އެންމެ އަލިގަދަ ތަރީގެ ޖަޖުންގެ ކޮމެންޓަތަކަށް ގިނަ ފާޑުކިޔުން ތަކެއް އަމާޒުވެފައި ވެއެވެ. ޚާއްސަކޮށް އަންހެން ޖަޖު ކޮމެންޓް ކުރަނީ ވަރަށް ނެގަޓިވް ކޮށް ކަމަށް ބެލުންތެރިން ބުނެ ފާޑުކިޔަމުން ދެއެވެ. އެބޭފުޅާ ރަނގަޅު ކަމެއް ފަހަގަކުރާއިރު ވެސް ރާގާއި ބޭނުންކުރާ ޖުމްލަ ނިމިގެން ގޮސްފައިވަނީ ނެގަޓިވް އެއްޗަކަށެވެ. މީގެ އިތުރުން ޖަޖު ޖަލީލުގެ ކޮމެންޓްތަކާއި އަމަލުކުރާ ގޮތުން ފުވަައްމުލަކުގެ ބައިވެރިންނާއިމެދު ޒާތީ ގޮަތްތަކެއް ހިމެނޭ ކަމަށް ވެސް ބުނެ ސޯޝަލް މީޑީއާގައި ވަނީ ތަފާތު ޝުއޫރުތައް ފާޅުކޮށްފައެވެ.

މުބާތާރާތް ކައިރިން ބަލަމުން ދިޔަ ގާރީއަކު މިކަލް ނޫޙާއި ވާހަކަ ދައްކަމުން ބުނެފައިވަނީ މުޅި މުބާރާތުގައި ވެސް ފުވައްމުލަކުގެ ބައިވެރިންނާއި މެދު އިހާނާތެ ގޮތްތަކެއް ގެންގުޅުނު ކަމަށް ފަހަގަކުރެވިގެން ދިޔަކަމަށެެވެ. އޭނާ ތުހުމަތުކުރި ގޮތުގައި މިހާރު އެތިބަ ޖަޖުންގެ ތެރޭގައި ހިމެނޭ ބައެއް މީހުނާއި ވާދަކޮށް، ފުވައްމުލަކުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގެ މުބާރާތްތަކަށް ޤުރުއާން ކިޔަވަން ހޮވިގެ ގޮސްފައިވާ ވާތީ ގެންގުޅުން ބޭއިންސާފު ގޮތްތަކަކަށް ވެސް ވެދާނެވެ.

މޯލްޑިވިއަން އައިޑޮލްގައި އަމަލުކުރާގޮތަށް ގުރުއާން މުބާރާތެއްގައި “ކުރިއަށް ޖެހޭ”، ފަހަތަށް ޖެހޭ” ފަދަ ބޭކާރު ކަންތައްތަކެއް ކުރުމުގެ މަގުސަދަކީ ކޮބައިކަމާއި މެދު ބެލުންތެރިން ސުވާލު އުފައްދައެވެ. މޯލްޑިވިއަން އައިޑޮލްގައި އެސްއެމްއެސް މާކްސް ހިމެނުމާއެކު ޖަޖުންނަށް ވެސް ވާނުވާ ނޭގި ހިތް ނުތަނަވަސް ވެދާނެ ފުރުސަތު އޮތަސް މިމުބާރާތުގައި ކެޓުމާއި ކުރިޔަށް ދިއުން މުޅިން އެއްކޮށް ޖަޖުން ދޭ މާކުހަކަށް ބަރޯސާ ވާއިރު އެފަދަ ފުރުސަތެއް ނެތް ޚުދު، އަދި މިފަދަ ޤުރުއާން މުބާރާތެއްގައި އެގޮތަށް އަމަލުކުރުން އެއީ ބައިވެރިންނަށް ކުރެވޭ އިހާނާތި ކަމެއްގެ ގޮތުގައި ވްސް ބެލުންތެރިން ސިފަކުރެއެވެ. ހުށަހެޅުންތެރިއާ އާދަމް ނަސީރު ބަހުގެ މާނަ އޮޅުވާލަމުން ‘ކުރިޔަށް ދާން ބޭނުން ވިޔަސް ފަހަތު ގޮނޑިބަރީގައި އިށިންނާށޭ’ ބުނުމުން ބެލުންތެރިންނަށް އެހާ ބަލައެއް ނުގަނެވެއެވެ. ކުރިޔަށް ފިޔަވަޅު އަޅާ މީހާ މުބާރާތުން ކަޓަންޏާ އެއިން ދެހަވަނީ ކޮން މާނައެއް ބާވައެވެ؟

މޯލްޑިވިއަން އައިޑޮލް ގައި ބައިވެރިންނަށް ދިންފަދަ ތަމްރީނުތަކެއް މިމުބާރާތުގެ ބައިވެރިންނަށް ނުދީ ކުއްލިއަކަށް ކުރިން ނުކިޔަވާ ރާގުރާގަށް ކިޔަވަން ޖެއްސުމުން ކާމިޔާބު ނޫންކަން އެންމެ ފަހުން ދެއްކި ޝޯ އިން ޚުދުޖަޖުންނަށް ސާބިތުކޮށްދެވިއްޖެއެވެ. އެރޭގެ ކިއޔެވުމުގައި ޖަޖުންނަށް ކަމުދާ ހަމަ އެކަކު ވެސް ނެތެވެ. އެއްވެސް ބައިވެރިއަކަށް ޖަޖުން ބުނި ރާގާއި “ވައިވެސް  ނެޅޭ” ކަމަށް ޖަޖުން ކޮމެންޓްކުރަމުން ނިންމާލުމުން ދޭހަވަނީ މުބާރާތުގައި ގެންގުޅުނު ގޮތްތައް ކަމުނުދާ މިންވަރެއްވެ.

ކުރިން ކަޓައިގެން ދިޔަ ބައިވެރިއަކު އިންޓަވިއުގައި ބުނެފައިވަނީ މިގޮތަށް ކިޔވަން ޖެހޭކަމެއް ކުރިން އެނގިފައިނެތްކަމެވެ. މިއީ ވާނުވާ ނޭގޭ ނުވަތަ މިސްޓްރީ ޝޯ އެއްބާވެއެވެ؟ މުބާރާތްތައް ފަށާއިރު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅި ބައިވެރިންނަށް އެނގެން ޖެހެއެވެ. އެހެން ނޫނީ މުބާރާތް އިންތިޒާމުކުރާ ފަރާތުން ބޭނުންވާ ބައިވެރިންތަކަކަށް ވަނަ ދިނުމަށް މުބާރާތުގެ އެކި ހިސާބުން އެކި ގޮތްގޮތަށް މުބާރާތް އަނބުރަމުން ދާނެއެވެ. އެކަން މިމުބާރާތުން މިމުބާރާތުން ވަރަށް ސާފުކޮށް ފެންނަމުން އެބަދެއެވެ. އެކިރެރޭ އެކި ގޮތަށް ތަފާތުކުރަނީ ކަމަށް ބުނި ނަމަވެސް އެކަން ބައިވެރިންނަށް މުބާރާތުގެ ކުރިން އެނގެން ޖެހެއެވެ. ބެލުންތެއިންނަށް އެކަން އެގެކަން ނުޖެހެއެވެ. މުބާރާތުގައި ކަންތައތް ވެގެން މިދާގޮތުން ބެލުންތެރިންނާއި ބައިވެރިން ސުވާލުތައް އުފައްދަން ފުރުސަތު ލިބޭކަމަށް ގަބޫލުކުރަން ޖެހެއެވެ.

މިކަލް ނޫހަށް މައުލޫމާތު ދިން ފުވައްމުލަކުގެ ބައިވެރިއަކު ބުނެފައި ވަނީ އެމީހުންގެ މާލެ އައިސް ތިބުމުގެ ޚަރަދުގެ ކަންތަތައް ފުވައްމުލަކު އަތޮޅު ކައުންސިލުން ހަމަޖައްސައިދިން ކަން އެމީހުން ފާހަގަކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުން:


އެންމެ އަލިގަދަ ތަރި: އަބްދުﷲ މުފީދު ގަދަ 5 އަށް ދަތުރުކޮށްފި

އެންމެ އަލިގަދަ ތަރީގެ 7 ވަނަ އާއިއެކު ސައުސަން މުބާރާތުން ކަޓައިފި

އެންމެ އަލިގަދަ ތަރި: ފުވައްމުލަކުގެ 2 ބައިވެރިން ގަދަ 8އަށް

އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ގަދަ 10އަށް ފުވަމުލަކުގެ 3 ބައިވެރިން ވެސް ދަތުރުކޮށްފި

އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން 3 ބައިވެރިން ހޮވިއްޖެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !