22 ޖެނުއަރީ 2020 ( ބުދަ )

މާލޭ ސިޓީ ކައުންސިލުން ބޭއްވި މަގުމަތީ ބާޒާރު

‘ހަފުތާ ރެސް’ ގައި ބައިވެރިވުމގެ ފުރުސަތު ހުޅުވާލައިފި

‘ހަފުތާ ރެސް’ ގެ ނަމުގައި ހަފުތާ ބަންދުގައި ވިޔަފާރި ބާޒާރަކާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމު ފުވައްމުލައް ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހަފުތާ ރެސް ފުވައްލައް ސިޓީގައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު، 22 ނޮވެމްބަރު 2019 ދުވަހުކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިއުމަށް ރާވާފައުވާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަޖިސްޓރީން ވާން ހުށަހަޅަން ޖެހެއެވެ. މިކަމުަގެ އުސޫލާއި ބައިވެރިވާން އެދޭ ފޯމް ކައުންސިލް އިދާރާއިންނާއި ކަންސިލް ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް ހާމަކުރައްވައި އިއުލާން ކުރައްވާފައި ވެއެވެ.

ހަފުތާ ރެސް ބާއްވާނެ ވަކި ތަނެއް އަދި އާއްމުކޮށްފައެއް ނުވެއެވެ.

ހަފުތާ ރެސް އުސޫލު 2019 ނޮވެމްބަރ

ފެއަރގައި ސްޓޯލް ތަކުން ފުރުސަތު ދިނުމުގައި ކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދިނުމާއި އަންހެނުންނާއި ޒުވާނުންނަށް ވަކި ކޯޓައެއް ކަނޑަޅާފައި ވެއެވެ. މިފެއަރގެ ސްޓޯލް ތަކުގައި ދުންފަތާއި ގުޅޭ އެއްވެސް ބާވަތެއް، އަދި ދުފުމަށް ބޭނުން ކުރާ އެއްވެސ އެއްޗެއް، ސޮސެޖުގެ އެއްވެސް ބާވަތެއް އަދި ފިޒީ ޑްރިކްސް އެއްވެސް ބާވަތެއް ވިއްކުން ވަނީ މަނާ ކުރެވިފައެވެ.

މީގެ އިތުރުން ހަފުތާ ރެސް މިފެއަރގައި ސެކަންޑްހޭން މުދާ- އެއްފަހަރު ބޭނުންކޮށްފައިވާ މުދާ ވެސް ވިއްކުން މަނަލެވެ. އަދި އެއްވެސް ސޯޓލެއްގައި ބިދޭސީއަކަށް ހަރަކާތްތެރި ވުން ވެސް މަނަލެވެ.

އެމްޖޭއެސް އިން 2017 ގައި ބޭއްވި ފެއަރ. މިފަދަ ސްކޫލް ފެއަރ ތަކުން ބޮޑަށް ފެންނަނީ ކެއުމުގެ ބާވަތްތައް.



ކިޔުންތެރިންގެ ޚިޔާލު