12 ނޮވެމްބަރ 2019 ( އަންގާރަ )

banner

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންގެ އެވޯޑް ދީފި

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑްތަކެއް ދީފިއެވެ. “އެދުރު ތަރި 2014” އެވޯޑް ހަވާލުކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ހަފުލާގައި ކޮންމެ ޑިޕާޓްމަންޓަކުން އެންމެ ރަނގަޅު މުދައްރިސް ހޮވައި ހަނދާނީ ލިޔުމާއި ޝިލްޑާއި މެޑެލް ހަވާލުކުރިއެވެ.

އެގޮތުން، ބެސްޓް ޓީޗާ އިން ދިވެހި ޑިޕާޓްމަންޓުގެ މަގާމު ހާސިލްކޮށްދައި ވަނީ ވަނީ މަރްޔަމް މައުސޫމާ މޫސާ އެވެ. ބެސްޓް ޓީޗާ އިން އިސްލާމް ޑިޕާޓްމަންޓްގެ މަގާމު ހާސިލުކޮށްފައި ވަނީ ހައްވާ އާނިފާ މުނީރެވެ.

ބެސްޓް ޓީޗާ އިން އިންގްލިޝް ޑިޕާޓްމަންޓްގެ މަގާމު ހާޞިލުކޮށްފައި ވަނީ އިންގްލިޝް ލިއުނާ ޙަސަން ދީދީ އެވެ.
ބެސްޓް ޓީޗާ އިން ސައިންސް ޑިޕާޓް މެންޓުގެ މަގާމަށް ކެމިސްޓްރީ ޓީޗާ އަޙުމަދު ފިރާޝް އެވެ. އަދި ބެސްޓް ޓީޗާ އިން ސައިންސް ޑިޕާޓް މެންޓުގެ މަގާމަށް ހޮވިފައި ވަނީ ފިޒިކްސް ޓީޗާ ޚަދީޖާ ޒުހުރަތު އެވެ.

ބެސްޓް ޓީޗާ އިން ބިޒްނަސް ޑިޕާޓް މަންޓުގެ މަގާމު ބިޒްނަސް ޓީޗާ ސައުދަތު ޢަލީ ހާޞިލުކުރި އިރު ބެސްޓް ޓީޗާ އިން ބިޒްނަސް ޑިޕާޓްމަންޓްގެ މަގާމު ހާޞިލުކޮށްފައި ވަނީ އިކޮނޮމިކްސް ޓީޗާ ފާޠިމަތު މިންނާ އެވެ.

ބެސްޓް ޓީޗާ އިން މެތަމެޓިކްސް ޑިޕާޓް މަންޓުގެ މަގާމު ހާސިލު ކުރީ މެތަމެޓިކްސް ޓީޗާ މރ. ރާކޭޝް މުރުކައްޕަން، އިންޑިއާ އެވެ.


ކިޔުންތެރިންގެ ޚިޔާލު