A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ އާންމު ބަހުގެ ޚިދުމަތް ދިނުމަށް ގެންދިއުމަށް ރޭވިފައިވަނީ 2 ބަސް

ފުވައްމުލަކާއި އައްޑުއަށް ބަސްތައް ގެންދިއުމުގެ މަސައްކަތް އެމްޕީއެލް އިން ފަށައިފި

ފުވައްމުލަކާއި އައްޑޫ އަތޮޅުގެ ބަހުގެ ޚިދުމަތް ދިނުމަށް ހަވާލުވެފައިވާ އެމްޕީއެލް އިން އެޚިދުމަތަށް ގެނައި 13 ބަސް ފުވައްމުލަކަށާއި އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ އިރު އެ 13 ބަހުގެ ތެރެއިން ފުވައްމުލަކަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވަނީ 2 ބަހެވެ. އަނެއް 11 ބަހުގެ ތެރެއިން ހުޅުމީދޫއަށް ވެސް 2 ބަސް ގެންދާގޮތަށް ވަނީ ނިންމާފައެވެ.

އާބާދީގެ ގޮތުން 10 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ 5 ކިލޯ މީޓަރަށްވުރެ ދިގު ފުވައްމުލަކަށް 2 ބަސް ބޭނުން ކޮށްގެން އާންމު ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލް ރާވާފައިވާ ގޮތުގެ ޝެޑިއުލެއް އަދި އާންމުކޮށްފައެއް ނުވެއެވެ. މީގެ ކުރިންވެސް ބަހުގެ ޚިދުމަތް ފޯރުކޮށް ދިން އެމްވީކޭ އިންވެސް ދެބަސް ގެނެސް ފުވައްމުލަކުގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެޚިދުމަތް އާންމުން ބަލައިގެންފައެއް ނުވެއެވެ. ސަބަބަކީ އެބަސްތައް ދުއްވަމުން ދިޔައީ އާންމުން ދަތުރުފަތުރުގެ ޚިދުމަތް ބޭނުންވާ އުސޫލަކުން ނޫންކަމަށް ވާތީއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ގެނެސްފައިވަނީ އިންޑިއާގެ އަޝޯކްލޭލޭންޑްގެ ބަސްތެކެކެވެ. މި ބަސްތަކަށް ގާތްގަނޑަކަށް 800،000 ޑޮލަރު (12 މިލިއަން ރުފިޔާ) ހަރަދު ކުރިކަމަށް އެމްޕީއެލް ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖުނައިދު ވަނީ ވިދާޅުވެފައެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !