A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ އަންނަ ޑިސެމްބަރު މަހުގައި ބާއްވަނީ

ރޭ އެމްޑީޕީގެ ރައީސް ދަރުވާރުގޭގައި ބެއްވި ބައްދަލުވުމުގެ ތެރެއިން ފޮޓޯ؛ ރާއްޖޭ އެމްވީ

އަންނަ އަހަރު، 2020 އޭޕްރިލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ގެ އެމްޑީޕީ ޕްރަމަރި އަންނަ ޑިސެމްބަރު މަހު ބާއްވާނެ ކަމަށް އެޕާޓީގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ރޭ އިންތިޚާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ޕާޓީގެ ހަރަކާތްތައް ރުކުވާލެވިފައިވާ ކަމަށާއި، އެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު އެމްޑީޕީގެ ޕްރައިމަރީ އެއް ބޭއްވިގެން ދާނެ ކަމަށް އެމްޑީޕީގެ ރައީސް ވަނީ ރޭ ރާއްޖެ.އެމްވީ އަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކައުންސިލް އިންތިޚާބު އެ ޕާޓީން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން މިހާރު އޮތް ލޯކަލް ގަވަމެންޓް ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ކުރަން ނިންމައ،ި މަޖުލީހަށް ބިލް ފޮނުވާފައެވެ. އަދި އެއާއެކު މިހާރު ގާނޫނު އަސާސީގެ ލޯކަލް ކައުންސިލްތަކާއި ބެހޭ ބަޔަށް ވެސް އިސްލާޙު ހުށަހަޅާފައި ވެއެވެ.

ފުވައްމުލައްއް ސިޓީ ކައުންސިލް މިހާރު އެކުލެވިގެން ވަނީ 3 މެންބަރުންގެ މައްޗަށް ކަމުގައި ވިޔަސް، ގާނޫނުު އިސްލާހުކުރެވިގެން ބާއްވާ އިންތިޚާބުގައި 5-7 މެންބަރުންގެ ސިޓީ ކައުންސިލެއް ފުވައްމުލައް ސިޓީގައި ގާއިމުކުރެވިގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ. ސީދާ އަދަދު އެނގޭނީ އަދި އެނގޭނީ ގާނޫނު ފަސްވުމުން ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގެ އިސްފަރާތަކުން ހާމަކުރިއެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި؛ އިސްމާއިލް އަދި ފިކުރީ. ފޮޓޯ؛ފވމ ސިޓީ ކައުންސިލް

ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ އެމްޑޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކން އެކިފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އެގޮތުން އުތުރު ދާއިރާގެ އިސްމާއީލް ރަފީގާއި މެދު ދާއިރާއިން މުހައްމަދު ފިކުރީ (މާޕާ- ފިކުރީ) ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. މީގެ އިތުރުން މިހާރުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުވެސް ވާދަކުރައްވާނެ ކަމުގެ އަޑުތައް ރަށުތެރެއިން ލިބެއެވެ. ނަމަވެސް އެބޭފުޅުންގެ ރަސްމީ ބަހެއް އަދި މިކަމުގައި އާއްމު ކުރައްވާފައިވާކަން އެގޭކަށް ނެތެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚު، އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ އިއުލާންކޮށްފައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !