A wide advertisement which will be shown on all devices. (700 x 100)

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހަތަރު މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ ހަތަރު މީހުން، ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހަތަރު މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ހޯދަމުން ދަނީ، ކޯޒީކޯނަރ އަޙްމަދު މަސްނޫމް (21އ) އާއި ޏ.ފުވައްމުލައް، މިސްކިތްމަގު ދިލްއާރާމުގެ އަޙްމަދު ސިޔާދު (32އ) އާއި ކ.މާލެ، ވ.ރިހިމެދު ޙުސައިން ސަނީމް (23އ) ގެ އިތުރުން ހދ.ނޭކުރެންދޫ، ސާޒް ޢަބްދުﷲ ރިޝީފް (25އ) އެވެ.

މިހަަތަރު މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފައިވަނީ، މިހަތަރު މީހުން ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިހަތަރު މީހުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު، ދިލްއާރާމުގެ، އަޙްމަދު ސިޔާދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ، ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.

މި ހަތަރު މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !