A wide advertisement which will be shown on all devices. (700 x 100)

ފްލެޓްތަކުގެ އަގު %50 ބޮޑުވީ ކީއްވެގެން ބާ؟

ޕީޕީއެމް ސަރުކާރުގެ ބޯހިޔާވަހިމުގެ ސިޔާސަތުގެ ޕޯސްޓަރެއް.

އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުވަމްއުލަކުގައި ގާއިމުކުރެވޭ ފްލެޓެތަކުގެ އަގު ކުރިން ކަނޑައެޅުނު އަގަށްވުރެ %50 ބޮޑުވީ ކީއްވެގެން ކަމާއިމެދު ސުވާލު އުފެދެއެވެ. މިހާރު މަސައްކަތް ނިމެން ކައިރިވެފައިވާ ފުލެތްތަކަށް ކުރިމަތިލުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން މިހާރު ވަނީ އިއުލާން ކޮށްފައެވެ. ފުވައްމުލަކު އުތުރުން ދަޑިމަގާއި ދިގުވާނޑު ސަރަހައްދުގައި އިމާރާތް ކުރާ ދެ ފްލެޓްބަރީގައި ޖުމްލަ 200 ފްލެޓް ހިމެނެއެވެ. ނަމަވެސް މިފްލެޓްތައް ބޭނުންވާ ގިނަބައެއް ގެ ޝަކުވާއަކަށް ވެފައި ވަނީ ފްލެޓްތަކުގެ އަގުބޮޑުކަމެވެ.

މިސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ފުވަމްއުލަކުގައި ގާއިމުކުރެވޭ ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ގާތްގަޑަކަށް ނިމިފައެވެ. އަދި ފްލެޓް ބޭނުންވާ ފަރާތްތަކުން، ފުލެޓަށް ކުރިމަތިލުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން އިއުލާން ކުރީ ފާއިތުވި ޖޫންމަހު 27 ގައެވެ. ފުވައްމުލަކު އުތުރުން ދަޑިމަގާއި ދިގުވާނޑު ސަރަހައްދުގައި ހަދާ ދެ ފްލެޓްބަރީގައި ޖުމްލަ 200 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން ފުވައްމުލަކުގެ ރައްޔިތުންނަށް ކަނޑައަޅާފައިވަނީ 150 ފްލެޓެވެ.

އިޖްތިމާޢީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ގޯތިގެދޮރުވެރިކަމުގެ ދަތިކަންކަމުގައި މިސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރެވި މިކަމަށް ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދު ކަމުގައި ހާމަކޮށްފައި ވެއެވެ. އެ ގޮތުން ގެދޮރު ނެތުމުގެ ނިކަމެތިކަން ފިލުވުމާއި ގެދޮރުގެ ތަނަވަސްކަން އިތުރު ކުރުމަށް ވެފައިވާ ވަޢުދުގެ ދަށުން ދޫކުރާ ފްލެޓްތަކަށް އާއްމުންނަށް އަތް ފޯރާނެތޯ އެއީ މިހާރު ގިނަބަޔަކު އުފައްދަމުންދާ ސުވާލެކެވެ.

ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަކުރެވިގެން މިހާރު އިއުލާން ކޮށްފައިވާ 150 ފްލެޓްގެ އަގު ހުރީ ކުރިން ލަފާކުރެވުނު ވަރަށްވުރެ މާބޮޑުކޮށެވެ. އެއީ ފުރަތަމަ އެއްއްފަހަރާ ދައްކާ 25000 (ފަންސަވީސް ހާސް) ރުފިޔާއާއި މަހަކު 3000 ރުފިޔާ މަގުން 25 އަހަރުން ދައްކަން ޖެހޭ (12*25*3000=900000) ނުވަލައްކަ ރުފިޔާއާއި ޖުމްލަ 925000 ރުފިޔާއެވެ.

ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން އެދޭ ފަރާތްތަކަށް ހުޅުވާލާފައިވާ 20 ފްލެޓްގެ އަގުވެސް ހުރީ ހަމަ މިގޮތަށެވެ. މިއީ އޭ ކެޓަގެރީ އަދި ބީ ކެޓަގަރީގެ ފްލެޓް ތަކެވެ. ބާކީ ހުރި 30 ފްލެޓަކީ ރިއަލް އެސްޓޭޓް އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ 30 ފްލެޓެވެ. މިފްލެޓްތައް ވިއްކާނެ އުސޫލެއް ހަދި ހާމަކޮށްފައެއް ނުވެއެވެ.

މިކަލް ނޫހަށް އިތުބާރު ހުރިގޮތަކަށް ލިބިފައިވާ މައުލޫމާތު ތަކުން އެނގޭ ގޮތުގައި ފްލެޓްތަކުގެ އަގު ފުރަތަމަ އައީ މިއަށްވުރެ ވަރަށް ބޮޑުތަން ހެޔޮކޮށެވެ. ނަމަވެސް ފަހުން ކުއްލިއަކަށް އަގަށް ބަދަލު އައި ގޮތެއް އެނޣެ ގޮތެއް ނުވިއެވެ. ފްލެޓްތަކުގެ އަގު ފުރަތަމަ ލިބިފައިވާ ކަމަށް ވަނީ ފުރަތަމަ ޕޭމެންޓުގެ ގޮތުގައި 19000 (ނަވާރަ ހާސް) ރުފިޔާ އަދި 20 އަހަރުން ދައްކާ ގޮތަށް މަހަކު 2500 (ދެހާސް ފައްސަތޭކަ) ރުފިޔާއެވެ. މިއީ (12*20*25=600000 ހަލައްކަ ރުފިޔާ)+ 19000 ރުފިޔާ އާއެކު ޖުމްލަ 619000 (ހަލައްކަ ނަވާރަ ހާސް) ރުފިޔާ އެވެ.

ކުރީގެ އަގަށްވުރެ ފްލެޓްގެ އަގު (306000 ރ.)، %50 ބޮޑުވީ ކީއްވެގެން ކަން މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !