A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ފިތުރު އީދު ނަމާދު 1437 ބޮޑު ޖަމާއަތުގައި!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘް ތަކުގެ އަލީގައި ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީ މައިދާނެއްގައެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މި އަހަރު ވެސް، ފުވައްމުލަކުގައި ބޮޑު ޖަމާޢަތުގައި ފިތުރު އީދު ނަމާދު ކުރުން އޮންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ގެ އީދު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު،މާދަޑު އަވަށުގައި ހުންނަ ޒުވާނުންގެ މަރުކަޒުގައި ހެދުނު 07 ޖަހާއިރުގައިއެވެ. މިފަހަރުގެ އީދު ނަމާދު އިމާމުވެ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝޭހް އަޙްމަދު ސަމީރު ބިން އިބްރާހިމް އެވެ.

މިފަހަރުގެ ފިތުރު އީދުގެ ބޮޑު ޖަމާޢަތުގައި ބައިވެރިވުމަށް ޢާއިލާގެ އެންމެހާއި ބޭފުޅުންނާއިއެކު ވަޑައިގަތުމަށް މިކަން އިންތިޒާމް ކުރަފަރާތްތަކުން އެދިލައްވައެވެ.

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘް ތަކުގެ އަލީގައި ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީ މައިދާނެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭފުޅަކު އުޒުރެއް އޮވެގެން މެނުވީ ޢީދު ނަމާދު މިސްކިތުގައި ނުކުރައްވާ ކަމަށެވެ. އިމާމް ޝާފިޢި ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުންގެ ރައުޔަކީވެސް މިއީ އެވެ. އިމާމް ޝާފިޢީގެ ރައުޔަކީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ނަމާދު ކުރުމަށް ފުދޭވަރުގެ މިސްކިތެއް ކަމުގައި ވަނީނަމަ ޢީދު ނަމާދު މިސްކިތުގައި ކުރުމެވެ. މިއާއި އެކުވެސް މައިދާނަށް ނިކުމެ ޢީދު ނަމާދު ކުރުމަކީ މައްސަލަ އެއް އޮތް ކަމަކަށް އިމާމް ޝާފިޢީ ވެސް ވިދާޅުވެފައެއް ނުވެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ފުދޭވަރުގެ މިސްކިތަކަށް ނުވަނީނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !