A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ 5 ވަނަ ގުރުއާން މުބާރާތް މި ޖުލައި މަހު 14 ން 16ށް

އަތޮޅު ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިޖުލައި މަހު 14-17ށް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ 5 ވަނަ ގުރުއާން މުބާރާތް މި ޖުލައި
މަހު 14 ން 16ށް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިމުބާރާތް ހުޅުވާލާފައި
ވަނީ ފުވައްމުލަކުގެ ސްކޫލްތަކަށާއި، ޤުރުއާން ކްލާސްތަކަށާއި ކްލަބު
ޖަމްއިއްޔާ އަދި ކައުންސިލްތަކަށެވެ. ކުރިން މޭމަހު ޝަހީދުންގެ ދުވަހާއި
ގުޅުވައިގެން ބޭއްވުމަށް ތައްޔާރުވި މުބާރާތް ފަހުން ވަނީ
ލަސްކުރެވިަފއެވެ.

މި މުބާރާތުގައި ގުރުން ކިޔެވުމަށް ހަމަޖެހިފައި
ވަނީ ބަލައިގެންނާއި ހިތުންނެވެ. މިއިން ކޮންމެ ބަޔަކުންވެސް އެކި
އުމުރުފުރާއިން ވާދަކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި
ބަލައިގެން ކިޔެވުމަށް ހަމަޖެހިފައި ވާ ހަތް އުމުރު ފުރައަކީ 6 އަހަރުން
ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން
ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން މަތިއެވެ. ނުބަލައި ނުވަތަ ހިތުން
ކިޔުމަށް ހަމަޖެހިފައިވާ 5 އުމުރުފުރަ އަކީ
6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 13 އަހަރުން ދަށެވެ.

މިމުބާރާތުގެ ކޮންމެ އުމުރުފުރައަކުން ވެސް 1ވަނަ، 2ވަނަ، އަދި 3 ވަނަ
ހޮވުމަށް ހަމަޖެހިފައެވެ. ބަލައިގެން ކިޔުމާއި ހިތުން ކިޔުމުން މުޅި
މުބާރާތުން 1ވަނަ ، 2ވަނަ، 3ވަނަ ވެސް ހޮވަން ވަނީ ހަމަޖެހިަފއެވެ.
މީގެ އިތުރުން ބަލައިގެން ކިޔުމުންނާއި ހިތުން ކިޔުމުން އެންމެ މޮޅު 5
ދަރިވަރަކު ހޮވުމާއި މުޅި މުބާރާތުން އެންމެ މޮޅު 15 ދަރިވަރުންނާއި މުޅު
މުބާރާތުން 1ވަނަ 2ވަނަ އަދި 3 ވަނަ ސްކޫލް ހޮވުމަށ ްވެސް ވަނީ
ހަމަޖެހިފައެވެ.

މިމުބާރާތުަގއު ފުވައްމުލަކުގައި ކިޔަވާ
ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ
ހުޅުވާލެވިަފއެވެ. އަދި ތަފާތު ކްރައިޓީރިއާކުން މިންކުރެވިގެން އެންމެ
މޮޅު 3 ދަރިވަރަކު ވެސް މިބައިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިގުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތު އާއްމުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !