9 ޑިސެމްބަރ 2019 ( ހޯމަ )

ޑައިލިސިސްގެ ޚިދުމަތް ދޭ ކޮޓަރިެއް، ލ.ގަން - ފުވައްމުލައް ސިޓީން ޑައިލިސިސް ޚިތުމަތަށް އަދި ތައްޔާރުވަނީ.

ފުވައްމުލަކު ހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތަށް ތައްޔާރުވަނީ

ފުވައްމުލަކު ހޮސްޕިޓަލުން ޑަލިސިސް ގެޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. އެގޮތުން އެހޮސްޕިޓަލުން އާންމުކޮށްފައިވާ ނޯޓިސްގައި ވާގޮތުން ޑައިލިސިސް ޔުނިޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ހާމަކޮށްފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިހާރު އަންނަނީ، އެ ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ ބަލިމީހުންގެ މައުލޫމާތު އެއްކުރަމުންނެވެ. ޑައިލިސިސް ގެ ޚިދުމަތް ހޯދުމަށް އެދޭ ބަލިމީހުންގެ މައުލޫމާތު އެހޮސްޕިޓަލާއި ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ. ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ ބަލިމީހުންގެ މައުލޫމާތު އެހޮސްޕިޓަލުގެ ކައުންޓަރު މެދުވަރިކޮށް ނުވަތަ 6860658 ނަމްބަރު ފޯން މެދުވެރިކޮށް ހިއްސާކޮށް ދެއްވުމަށް ހޮސްޕިޓަލުން އެދިފައިވެއެވެ.

މިއަހަރު ވަނީ އެހޮސްޕިޓަލުގައި ޑައިލިސިސް ޔުނިޓެއް އިމާރާތް ކޮށްފައެވެ.

ފެންވަރު ރަނަގަޅު ޑައިލިސިސް ޚިދުމަތެއްގެ އިސްތިހާރު -އަމިއްލަ ހޮސްޕިޓަލުން

ޑައިިލިސިސް އަކީ ކިޑްނީ މަސައްކަތް ހުއްޓުމުން މަސްނޫއީގޮތެއްގައި ކިޑްނީގެ މަސައްކަތް ކަމަށްވާ ލޭ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ސިއްހީގޮތުން ބޭނުންކުރާ ނިޒާމެވެވެ. ކިޑްނީގެ ބަލީގައި ޑައިލިސިސް ހަދަން ޖެހޭ ފަރާތްތަކުން މިޚިދުމަތް ކޮންމެ ދުވަހަކުން ފެށިގެން 2 ހަފުތާއިން އެއްފަހަރާ ދެމެދުގެ އަދަދަކަށް ހަދަން ޖެހޭ ކަމަށް ވެއެވެ. އަދި މީގެ ކޮންމެ ފަހަރަކުވެސް ވަރަށް ގިން ވަގުތު ހޮސްޕިޓަލުގައި އެނދުމަތިކޮށް އޮންނަން ޖެހެއެވެ.

ޑައިލިސިސް އަށް އޮތް ހައްލަކީ ކިޑްނީ ބަދަލުކުރުމެވެ. ނަމަވެސް އެއީ އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. ކިޑްނީ ބަލި ދެނެގަނެވި ޑައިލިސް އަށް ނުގޮސް ކިޑްނީ ބަދަލުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހެނީ ވަރަށް މަދު މީހަކަށެވެ. ކިޑްނީ ބަދަލުކޮށްފައިވާ ގިނަ މީހުން ޑައިލިސިސްގައި ދުވަސްތަކެއް ހޭދަކޮށްފައިވާކަން ފާހަގަ ވެއެވެ.

ވުމާއެކު ޑައިލިސިސް ޚިދުމަތް ރަށުން ލިބުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގައި އާންމު ކީޑްނީގެ ބައްޔަކީ ފުވައްމުލަކުގެ މީހުންގެ ކިބައިއިން ވެސް ފެންނަމުންދާ ބައްޔެކެވެ. ކިޑްނީ ބަލީގައި ފުވައްމުލަކު ބައެއް ފަރާތްތައް ދުނިޔެ ދޫކޮށްފައިވާއިރު ބައެއް މީހުން ކިޑްނީ ޓްރާންސްޕްލާންޓް ހަދައިގެން ހެޔޮހާލުގައި މިހާރުވެސް އުޅެމުން އެބަގެންދެއެވެ. އަދި ބައެއް މީހުން މިހާރުވެސް ޑައިލިސިސް ހަދަމުން އަންނަކަމަށް ވެއެވެ. މި މަރުހަލާތަކުގައި ވަނީ ފުވައްމުލަކުގެ ކިތައް މީހުންކަން އެނގޭނެ ތަފާސްހިސާބެއް ހާމަކުރެވިފައިވާކަން އެނގޭކަށް ނެތެވެ.



ކިޔުންތެރިންގެ ޚިޔާލު