A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި މިއަހަރު ފިތުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި

މިއަދު ފުވައްމުލަކުގައި ބޮދުޖަމާއަތުގައި ކުރެވުނު ފިޠުރު ޢީދު ނަމާދު. ފޮޓޯ: ރިޔާސާ މުހައްމަދު، ފބ

މިއަހަރުގެ ފިތުރުއީދު ނަމާދު ފުވައްމުލަކުގައި ބޮޑު ޖަމާޢަތުގައި މިއަދު ހެނދުނު ކޮށްފިއެވެ. ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ސްޕޯރޓްސް ޕާކުގައި ކުރިޔަށް ގެންދެވުނު ފިޠުރު އީދު ނަމާދު އިމާމުވެ ކޮށްދެއްވީ ޖަމްއިއްޔަތުލް ސަލަފުގެ އިލްމުވެރިންގެ މަޖުލީހުގެ ރައީސް އައްޝައިޚު އަހުމަދު ސަމީރުއެވެ. ގިނަ ބަޔަކަށް އެއްޖަމާއަަތެއްގައި ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފިޠުރު ޢީދު ނަމާދުގެ ކަންތައްތައް އިންތިޒާމުކޮށްފައި ވަނީ ގާޑިއަން އެސޯސިއާޝަނާއި ފުވައްމުލަކުގެ ކައުންސިލްތައް ގުޅިގެން ނެވެ.

އަންހެނުންނާއި ފިރިހެނުންނަށް ވެސް އެއްޖަމާއަތެއްގައި ޢީދު ނަމާދު ކުރެވޭގޮތަށް އިންތިޒާމު ކުރެވިގެން ކުރިޔަށް ގެންދެވުނު އީދުނަމާދު ވަރަށް ކާމިޔާބު ކަމަށް ގާޑިއަން އެސޯސިއޭޝަނުގެ ކޯޑިނޭޓަރ، އަދި މިކަން އިންތިޒާމުކުރުމުގަިއ އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމުގައިވާ މުހައްމަދު ހުސޭން މިކަލް ނޫހަށް މައުލޫމަތު ދެއްވަމުން ވިދާޅުވިއެވެ.

މޫސުން ކުރިން ލަފާކޮށްފައިވާ ގޮތުން ފުވައްމުލަކަށް އީދު ނަމާދު ކުރާ ގަޑީއަށް ވާރެވެހޭނެ ކަމަށް ބެލެވުނު ކަމުގައިވިޔަސް އީދުނަމާދު ކުރި ގަޑީގައި ވާރެއްއެއް ނުވަހެއެވެ. އަދި ގިނަ އަދަދެއްގެ މީހުން އެޖަމާއަތުގައި ޢީދު ނަމާދުކުރި ކަމަށް މުހައްމަދު ހުސޭން ވިދާޅުވިއެވެ. މީގެ ކުރިން ވެސް ފުވައްމުލަކުގައި ވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައެވެ.

މީގެއިތުރުން މިއަދު ފުވައްމުލަކުގެ ބައެއް މިސްކިތްތަކުގައި ވެސް ފިޠުރު ޢީދު ނަމަދު ކުރެވުނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !