A wide advertisement which will be shown on all devices. (700 x 100)

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއިއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިދިޔަ އާދީއްތަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި

މަސްތުވާތަކެތި ކަމަށް ޝައްކު ކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއެކު ފުވައްމުލަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް ފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން މަގުމަތިން ނެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު އޭނާގެ އަތުން ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ނަގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ 03 ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !