A wide advertisement which will be shown on all devices. (700 x 100)

އެއަރޕޯޓް ފީގެ ގޮތުގައި އިކޮނޮމީ ކުލާހުން ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ ފީ ބޮޑެއް ނުވޭ: ދޮންބެ

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގައި އެއަރޕޯޓް ފީގެ ގޮތުގައި އިކޮނޮމީ ކުލާހުން ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ ފީ ބޮޑެއް ނުވާނެ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ދޮންބެ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2016 ބިލް އަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުއްވި މުޙައްމަދު ރަޝީދު (ދޮންބެ) ވިދާޅުވީ މިބިލަށް ގެނެވޭ އިސްލާހާއި އެކު ރާއްޖޭގެ އިގުތިސޯދު ރަގަޅު ވެގެންދާނެކަމަށެވެ. އަދި ދިވެހިންގެ ތެރެއިން އިކޮނޮމީ ކުލާހުން ދަތުރުކުރާ ފަސިންޖަރުންގެ ފީ ބޮޑު ނުވާކަމަށާއި އެފަދަ ފަރާތްތަކުން ނެގެމުންދާނީ ކުރިންވެސް ނަގަމުންދިޔަ 12 ޑޮލަރު ކަމަށެވެ.

މުޙައްމަދު ރަޝީދު (ދޮންބެ) އިތުރަށް ވިދާޅުވީ ކުރިން އެއާޕޯޓް ފީގެ ގޮތުގައި ނަގަމުން އައީ ދިވެހިންނާއި ބޭރު މީހުންނާއި އެއް ވަރަކަށް ކަމަށެވެ. ނަމަވެސް ގާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން ދިވެހިންގެ ތެރެއިން  އިކޮނޮމީ ކުލާހުގައި ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ ފީ ބޮޑެއް ނުވާނެކަމަށާއި ބިލުގައިވާ ގޮތުން ނަގަމުންދާނީ ކުރިންވެސް ނަގަމުން ދިޔަ 12 ޑޮލަރު ކަމަށެވެ. ނަމަވެސް ބިދޭސީންގެ އަތުންނާއި ފަސްޓް ކުލާސް އަދި ބިޒްނަސް ކުލާހުން ދަތުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީބޮޑުވާނެ ކަމަށެވެ.

އެއާޕޯޓް ޓެކްސް ފީ ކުރިން ނަގަމުން އައިގޮތް

ބިލުގައި ބަޔާންކޮށްފައިވާ ފީގެ ތަފްސީލްތައް

މިބިލަށް ގެނެވޭ އިސްލާހުގެ ސަބަބުން ޑިޕްލޮމެޓިކު އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި ނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންގެ އަތުން ޑިޕާޗަރ ޓެކްސް ނެގުން އިސްތިސްނާ ވާނެއެވެ. އަދި މިބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ފުވައްމުލަކު ތިން މެމްބަރުންވެސް ގާނޫނަށް މުހިންމު އިސްލާހްތަކެއް ހުށަހަޅައި ބިލްތަކެއް ހުށަހަޅަމުންދާކަން ފާހަގަ ކުރެވެއެވެ. އަދި މަޖިލީހުގެ ހާޟިރީ އަށް އެންމެ ރަގަޅު މެމްބަރުންގެ ތެރޭގައި ތިން މެމްބަރުން ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !