9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުމުގެ ހިންގާލުން

‘ފުރާނައިގެ ސަލާމަތަށް–އަޑުއުފުލާ، ހިންގާލުން އަންނަ ހުކުރުގައި

‘ފުރާނައިގެ ސަލާމަތަށް -އަޑުއުފުލާ’ މި ޝިއާރުގެ ދަށުން މަގުމަތީގެ ސަލާމަތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާލުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީ ކްރިކެޓް ސްޓޭޑިއަމް ކުރިމަތިންނެވެ.

މި ހިންގާލުން ބޭއްވުމަށް ހަމަޖެހިަފއި ވަނީ އަންނަ ހުކުރު (13 ޑިސެމްބަރު 2019) ދުވަހުގެ ހަވީރު 4:15 އިން ފަށާގޮތަށެވެ. މިހިނގާލުމުގައި މަގުމަތީގެ ސަލާމަތަށް މީހުން ހޭލުންތެރިކުރުމުގެ ޝިއާރުތައް ފާޅުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓަކުން ސަލާމަތްވެފައިވާ މީހެއްގެ އިހުސާސްތައް ހާމަކުރުން ވެސް އޮންނާނެކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

މި ހިނގާލުން އިންތިޒާމު ކުރަނީ ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން އަދި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެންނެވެ.

މަގުމަތީގައި އުޅޭ ކޮންމެ މީހަކަށްމެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ލިބެންޖެހެއެވެ. އެ ހިމާޔަތާއި ރައްކާތެރިކަން ލިބޭނީ މަގުތައް ބޭނުންކުރާ އެންމެން އެކަމަށް ސަމާލުވެ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް އިސްކަންދީގެން މަގުގައި ދުއްވާއެއްޗެހި ބޭނުން ކުރުމުންނެވެ.

މި ހިނގާލުމުގައި ވީހާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދެއެވެ.


ކިޔުންތެރިންގެ ޚިޔާލު