22 ޖެނުއަރީ 2020 ( ބުދަ )

ޑްރަގް ޓްރެފިކިން މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށް އަމުރުނެރެފައުވާ މުހައްމަދު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކު މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކ،ު އުޑުވިލާ، މުހައްމަދު، 42 އަހަރު ހޯދުމަށް ފުލުހުން އިއުލާންކޮފިއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ފުވައްމުލަކު ކޯޓަށް ހާޒިރު ކުރުމަށް އިއުލާންކޮށްފައި ވަނީ ޑްރަގް ޓްރެފިކިން މައްސަލއެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ފުވައްމުލަކު ކޯޓުން ނެރެފައި ވެއެވެ.

މި މުހައްމަދު އާއިބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ދެއްވުމަށް އެދފައި ވެއެވެ.ކިޔުންތެރިންގެ ޚިޔާލު