A wide advertisement which will be shown on all devices. (700 x 100)

އިންޑިއާ ކުންފުންޏަކުން 4 ޑޮލަރުގެ ސްމާޓް ފޯނެއް އުފައްދަނީ

ރިންގިންގ ބެލް އިން އުފައްދާ 4 ޑޮލަރުގެ ސްމާޓްފޯނު ޕްރީޑަމް 251، އެކުންފުނީގެ ސީއީއޯ މޯހިތް ގޯލް ދައްކާލަނީ ފޮޓޯ:އޭޕީ

އިންޑިއާގެ ކުރިއަރަމުން އަންނަ ސްމާޓްފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ “ރިންޖިންގ ބެލް” ކުންފުނިން 4 ޑޮލަރުގެ ސްމާޓްފޯނެއް ބާޒާރަށް ނެރެން ތައްޔާރުވާން ފަށައިފިއެވެ.  މިދިޔަ ފެބުރުއަރީ މަހު ޕްރީ އޯޑަރ ނަގަން ފެށުމަށްފަހު ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނަ އޯޑަރ ތަކެއް ލިބުމުން ޕްރީ އޯޑަރ ނެގުން ހުއްޓާލާފައިވާ ފްރީޑަމް 251 ނަމަކަށް ކިޔާ މިފޯނު ވިއްކުމަށް ރިންގިންގ ބެލް އިން ނިންމާފައިވަނީ 251 އިންޑިއާ ރުޕީސް އަށެވެ. 

މި ފޯނު ބާޒާރަށް ނެރޭނީ 5000 ފޯނާއިއެކު ކަމަށާއި އަދި ފަހުން ދެލައްކަ ފޯނު އުފައްދާނެ ކަަމަށް އެކުންފުންޏާއި ހަވާލާދީ ނިކޭ އޭޝިއަން ރިވިއު މަޖައްލާ އިން ހާމަކުރެއެވެ. 

މި ފޯނަކީ ވައިފައި ޚިދުމަތާއި 3ޖީ ޚިދުމަތްވެސް ލިބޭ ފޯނެކެވެ. އަދި 3.2 މެގަޕިކްސަލް ގެ ކެމެރާ އަކާއި 1 ޖީބީގެ ރެމް ހުންނަ މިފޯނު ހިންގުމަށް ބޭނުން ކޮށްފައިވާނީ 1.3 ގިގަހާޒްގެ ކުއޮޑް ކޯ ޕްރެސެސަރ އެކެވެ.

ތަފާތު ފާޑުކިއުންތައް އަމާޒުވެފައިވާ މިފޯނަށް އެއްއަހަރު ދުވަހުގެ ވޮރަންޓީ ރިންގިންގ ބެލް އިން ދޭނެ ކަމަށް އެކުންފުނީގެ ވެބްސައިޓްގައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !