23 ޖުލައި 2019 ( އަންގާރަ )

ހޯމްލައިން ފިހާރަ

އަގުހުރި އިނާމްތަކާއި އެކު ޑިސްކައުންޓް ލިބޭ ސޭލެއް ހޯމްލައިން އިން ފަށައިފި

ހޯމްލައިން އިން އަގުހުރި އިނާމްތަކާއި އެކު ޑިސްކައުންޓް ލިބޭ ސޭލެއް ފަށައިފިއެވެ.
ފުވައްމުލަކުގައި ގެދޮރުއިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި ފަރުނީޗަރގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންގެންދާ ހޯމްލައިން ބުނިގޮތުގައި އަހަރު ނިމުމާއި ދިމާކޮށް ބާއްވާ ސޭލްގައި ފަސް ޕަސެންޓާއި ވިހި ޕަސެންޓާއި ދެމެދު ޑިސްކައުންޓްލިބޭނެކަމަށެވެ. އަދި މިސޭލް ނޮވެމްބަރ 26 އިން ޑިސެމްބަރ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މިސޭލްއިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބޭނެކަމަށެވެ. އެގޮތުން ފުރަތަމަ އިނާމަކަށް ސޯފާސެޓެއް އަދި ދެވަނަ އިނާމަކަށް ޑައިނިންގ ސެޓެއް ތިންވަނަ އިނާމަކަށް ކުކަރހުޑެއް ލިބޭނެކަމަށެވެ.
ހޯމްލައިންގެ މިސޭލްގައި ޓިނު ފިޔަވައި ގެދޮރު ބިނާކުރުމަށް ބޭނުންކުރާ ހުރިހާ ސަމާނުތަކާއި ފަރުނީޗަރ ފަދަ އައިޓަމްތަކުން 5-20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ޓިނުން ކުރާ ވިޔަފާރީގައިވެސް އިނާމްލިބޭ ގުރުއަތުގައި ބައިވެރިވެވޭނެކަމަށް ހޯމްލައިން ބުންޏެވެ.
ހޯމްލައިން ފިހާރައަކީ ފަރުނީޗަރާއި، ޓައިލްސް، އަދި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ގިނަ ސާމާނުތަކެއް ފުޅާދާއިރާއެއްގައި ވިއްކަމުންގެންދާ ފިހާރައެކެވެ. އަދި ސީމާސްޓަރ ބްރޭންޑްގެ ކުލަ ތައްޔާރުކޮށްދެއެވެ.


ކިޔުންތެރިންގެ ޚިޔާލު