A wide advertisement which will be shown on all devices. (700 x 100)

ރޯސްލައިން ފުވައްމުލަކު 5 ވަނަ ޤުރުއާން މުބާރާތުގެ އެވަނަ އެމްޖޭއެމަށް

އެމްޖޭއެމްގެ ދަރިވަރުންނާއި މުދައްރިސުން ގުރުއާން މުބާރާތުގެ ކާމިޔާބީއާއެކު. ފޮޓޯ: ނިމާ -ފބ

ފުވައްމުލަކު އަތޮޅު ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވި “ރޯސްލައިން ފުވައްމުލަކު 5 ވަނަ ޤުރުއާން މުބާރާތު”ގެ އެއްވަނަ މަދަރުސަތުއް ޝައިޚު މުހައްމަދު މަޖާލުއްދީން (އެމްޖޭއެމް) އިން ހޯދައިފިއެވެ. މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް ވެސް ހޮވިފައި ވަނީ އެމްޖޭއެމްގެ ދަރިވަރު އަނާ ޖަލީލުއެވެ.

މުޅި މުބާރާތުން ދެވަނަ ހޯދީ ޏ. އޭއީސީއިންނެވެ. އަިދ 3 ވަނަ ހޯދީ ފުވައްމުލަކު ސްކޫލުންނެވެ. މިއަދު ހަވީރު ޏ.އޭއީސީގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އެކިއެކި ވަނަ ތަކަށް ޓްރޮފީއާއި، ޝިލްޑް އަދި މެޑެލް ދީފައި ވެއެވެ.

މިޖުލައި މަހު 14 އިން 16 އަށް
ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި

ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ފުވައްމުލަކުގެ ސްކޫލްތަކާއި ގްރުއާން ކްލާސްތަކުން ބައިވެރިވެފައި ވެއެވެ. މި މުބާރާތުގައި 110 ދަރިވަރުންނާއި 6 މީހުން، މުޅި ޖުމަލް 116 ބައިވެރިން ބައިވެރިވެފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަޙްމަދު މުހައްމަދު، މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިފަދަ އެހެނިހެން މުބާރާތްތަކާއި ޚިލާފަށް މިމުބާރާތް ހިނގަމުންދާ ވަގުތު ކޮންމެ ދަންފަޅިއަކަށް ވަޑައިގަންނެވި ހާޒިރީންނަށް އަމާޒުކޮށް ސުވާލުކޮށް، ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކަށް ވަގުތުން އިނާމް ދީފައިއެވެ. އަދި ކޮންމެ ދަންފަޅިއެއްގެ ހާޒިރީންގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ޚާއްސަ އިނާމަކާއި، 500 ރުފިޔާ ގެ ގިފްޓް ވައުޗާރ އެއް ވެސް ދީފައިވާކަމަށް މައުލުމާތު ލިބިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !