A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލް ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ނަގަނަމަގު ޓީމަށް

ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ކަން ދަޑިމަގު ނަގަނަމަގޮ ޓީމަށް. ފޮޓޯ: ފއކ

މިރޭ މެދު ދާއިރާގެ ފުޓްސަލް ކޯޓުގައި ކުޅެވުނު ފައިނަލް މެޗު 6-2 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދަޑިމަގު ނަގަނަމަގު ޓީމެވެ. 8 ޓީމު ވާދަކުރި މިމުބާރާތަކީ 35 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވުނު ފުޓްސަލް މުބާރާތެކެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ދިނުން ބާއްވާފައިވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ނަގަނަމަގޮ ޓީމުގެ އަލީ އަހުމަދު އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އަލީ އަހުމަދު، މުހަންމަދު އަޝްރަފު ނަގަނަމަގޮ ޓީމު، އަހުމަދު ސައީދު، މުހަންމަދު ޝިފާޢު އަހުމަދު ދިގުވާނޑު ޓީމު، އަދި ނިއުޝާދު އަލީ މާދަޑު ކައުންސިލް ޓީމު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ދަޑިމަގު ނަގަނަމަގޮ ޓީމުގެ ކޯޗު ހަސަން ވާސިފުއެވެ.

މުބާރާތުގެ ދެވަނަ ޓީމަކީ ދިގުވާނޑު ޓީމެވެ. މިދެޓީމުގެ އިތުރުން މިމުބާރާތުގައި ވާދަކޮށްފައި ވަނީ މާދަޑު ޓީމަކާއި ހޯދަޑު ގެ ދެ ޓީމަކާއި ފުނާޑު ޓީމަކާއި ދޫނޑިގަމު ޓީމެއްގެ އިތުރުން ދަޑިމަގުގެ ހުދުކެޑެ ޓީމެވެ.

މިމުބާރާތަކީ ފުވައްމުލަކުގެ އިޖުތިމާއީ ހާލަތު ރަނަގަޅު ކުރުމުގެ ގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލުން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !