A wide advertisement which will be shown on all devices. (700 x 100)

މައިލޯ އިންޓަސްކޫލް އެތްލެޓިކްސް މީޓް މިއަދު ފުވައްމުލަކުގައި ފެށޭނެ

މައިލޯ 20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް މިއަދު ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގައި ރާއްޖޭގެ އެކި ހިސާބުން 23 ސްކޫލަކުން 08 ކެޓަގަރީގައި 115 ޓީމަކުން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެއެވެ. މި އެތުލެޓިކްސް މީޓްގައި ކުރިއަށް ދަނީ 4 ދުވަހަށް ، ޖުލައި މަހުގެ 21ން 24އަށެވެ. މި އެތުލެޓިކްސް މީޓްގައި 8 ޢުމުރުފުރާއެއްގައި ޖުމްލަ 80 އިވެންޓް ކުރިޔަށް ދާގޮތަށް ރޭވިފައިވާ ކަމަށް މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ވިދާޅުވިއެވެ. 

މިއެތްލެޓިކްސް މީޓުގައި ވާދަކުރާ ސުކޫލްތަކަކީ

ޏ. ފުވައްމުލައް، ހާފިޒް އަޙްމަދު ސްކޫލް

ޏ. ފުވައްމުލައް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ޏ. ފުވައްމުލައް، ފުވައްމުލަކު ސްކޫލް

ޏ. ފުވައްމުލައް، މަދަރަސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން

މާލޭސިޓީ، މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

މާލޭސިޓީ، ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް

މާލޭސިޓީ، މަޖީދިއްޔާ ސްކޫލް

މާލޭސިޓީ، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް

މާލޭސިޓީ، އަމީނިއްޔާ ސްކޫލް

މާލޭސިޓީ، ތާޖުއްދީން ސްކޫލް

ގއ. ގެމަނަފުށި، ގެމަނަފުށި ސްކޫލް

ގއ. ދާންދޫ، ދާންދޫ ސްކޫލް

ގދ. ތިނަދޫ، ތިނަދޫ ސްކޫލް

ގދ. ތިނަދޫ، އަބޫބަކުރު ސްކޫލް

ގދ. ތިނަދޫ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ގދ. މަޑަވެލި، މަޑަވެލި ސްކޫލް

ގދ. ގައްދޫ، ގދ. އަތޮޅު މަދަރުސާ

ގދ. ފަރެސް މާތޮޑާ، ހުވަދޫ ސްކޫލް

އައްޑޫ ސިޓީ، އައްޑޫ ހައި ސްކޫލް

އައްޑޫ ސިޓީ، ހިތަދޫ ސްކޫލް

އައްޑޫ ސިޓީ، ފޭދޫ ސްކޫލް

ފުވައްމުލަކަކީ ޖޫނިއަރ ލެވެލްގައި އެތްލެޓިކްސް އިން ރަންވަނަ ތަކެއް ހޯދަމުން އަންނަ ރަށެކެވެ. ޚާއްސަކޮށް ސްކޫލްތަކުގެ އެތްލެޓިކްސް މީޓްތައް ހިމެނެއެވެ. ފުވައްމުލަކުގެ ސުކޫލްތަކުން އެތުލެޓިކްސްގައި ރަނގަޅު ކާމިޔާބީއެއް ހޯދި ބައެއް ކުދިން މިހާރު ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް އަދި ތަމްރީން ހޯދަމުން އެބަގެންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !