A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިން ކޯހެއް ހިންގަނީ

އެއަރ ކޮންޑިޝަނިން ކޯހެއް ފވމ ސިޓީ ގައި ހިންގަނީ

ފުވައްމުލައް ސިޓީގައި ރެފްރިޖެރޭޝަން އެންޑް އެއަރކޮންޑިޝަނިން ކޯހެއް ހިންގުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި ފުވައްމުލައް ސިޓީގައި ހިންގުމަށް އިއުލާންކޮށްފައި ވަނީ ސެޓްފިކެޓް ލެވެލް 4 ނުވަތަ އެޑްވާސްޑް ސެޓްފިކެޓް ލެވެލްގެ ކޯހަކާއި ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.

މިއީ ޒުވާނުން ވަޒީފާތަކަށް ތައްޔާރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ސިޓީ ކައުންސިލުން ކުރިޔަށް ގެންއިދުމަށް ރޭވިފައިވާ ކޯހެކެވެ.

މިކޯހުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ބޭސިކް އެޑިއުކޭޝަން ފުރިހަމަކޯސްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 2 ހާސިލުކޮށްފައިވުމެވެ. ހަތަރުމަހާއި 6 މަހާއި ދެމެދުގެ މުއްދަތެއްގައި ކުރިޔަށްގެންދެވޭ މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ 2020 ވަނަ އަހަރުގެ ޖެނުއަރި ނުވަތަ ފެބްރުއަރީ މަހުގައެވެ.

މިއީ މުޅިން ހިލޭ ކިޔެވޭގޮތަށް ކުރިޔަށް ގެންދެވޭ ކޯހެކެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 ޑިސެމްބަރުގެ އޮފީސް ބަންދުވުމުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރެއްވުމަށާއި އިތުރު މައުލުމާތު ސާފުކުރުމަށް 6865001 އަށް ގުޅުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !