A wide advertisement which will be shown on all devices. (700 x 100)

ކެލާގެ މުޙައްމަދުބެއަގެ ހަނދާނީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ކީރިތި ޤުރުއާނުގެ ދާއިރާގައި ފުވައްމުލަކަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި ކެލާގެ މުޙައްމަދުބެއަގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޙައްވާ ސައުސަން

ކީރިތި ޤުރުއާނުގެ ދާއިރާގައި ފުވައްމުލަކަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި ކެލާގެ މުޙައްމަދުބެއަގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު، ފުވައްމުލަކު ސްކޫލުގައި ބާއްވައިފިއެވެެ.

ރަށުގެ ތިން ފަރާތަކުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތައް ވަނީ ރަނގަޅު ފެންވަރުގެ އިނާމްތަކެއް ހުށަހަޅާފައެވެ. އެގޮތުން 1ވަނައަށް ދިޔަ ފަރާތައް ސަފާ ޙައްޖު ގްރޫޕުން އުމްރާ ދަތުރެއް ހުށައަޅާފައިވާއިރު 2ވަނައަށް ޒިކުރާ އިންސްޓިޓިއުޓްގެ ފަރާތުން ސްކޯލަރޝިޕެއްގެ އިތުރުން މިސްކިތްމަގު ކައުންސިލުން 3ވަނައަށް ވެސް ވަނީ ސްކޯލަރޝިޕެއް ހުޝައަޅާފައިއެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މިމުބާރާތުގައި ތަފާތު ވަނަތަކެއް ވަނީ ހޮވާފައިއެވެ.

އެގޮތުން ކޮންމެ އުމުރުފުރާއަކުން ގަދަ ފަހެއްގެ އިތުރުން އެކި އުމުރުފުރާއިން، 1ވަނަ، 2ވަނަ، އަދި 3ވަނަ ހޮވައި، ޕްރިސްކޫލް ތަކުންނާއި ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލްތަކުންވެސް ވަނަތައް ހޮވާފައިވެއެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި މުބާރާތުގެ 1ވަނައަށް ސަފާ ހައްޖު ގްރޫޕުން ދެއްވާ އުމްރާ ދަތުރު ހާސިލްކޮށްފައިވަނީ ޏ.ފުވައްމުލަކު ފުނާޑު ރޯޝަނީގެ އައިޝަތު އަބްދުﷲ،އެވެ. 2ވަނަ އަށް ޒިކުރާ އިންސްޓިޓިއުޓް އިން ދެއްވާ ސްކޯލާޝިޕް ހާސިލްކޮށްފައި ވަނީ ޏ.ފުވައްމުލަކު ހޯދަޑު ޙައްވާ ސައުސަން އެވެ. އަދި 3ވަނަ ހާސިލްކޮށްގެން ޏ.ފުވައްމުލަކު ބީހަނީގެ މަރިޔަމް އަނީސާ ވަނީ މިސްކިންމަގު ކައުންސިލުން ދެއްވާ ސްކޯލާޝިޕް ހާސިލްކޮށްފައެވެ.

ފުވައްމުލަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިކުރާ ދަރިންތަކެއް ތިބި ރަށަކަށް ވާއިރު ގިނަ ހާފިޒުންތަކެއް ތިބި ރަށެއްކަންވެސް ފާހަނގަ ކުރެވެއެވެ. މިހާރަކަށް އައިސް އަތޮޅުފެންވަރުގެ ގިނަ މުބާރާތްތަކެއް ކައިރި ކައިރީގައި ބޭއްވިގެންދާކަމީ މިކަމުގެ އަލިގަދަ ހެއްކެއްކަން ޔަގީނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !