14 ނޮވެމްބަރ 2018 ( ބުދަ )

banner

އައިއެސް އިން ތައާރަފުކުރާ އާ ދީނާރާއި ދިރުހަމް، ފޮޓޯ:ދާބިޤް 5

ހަމަ އަގު އެކުލެވޭ ދީނާރާއި ދިރުހަމް ފައިސާގެ ގޮތުގައި ބޭނުންކުރުމަށް އައި އެސް އިން ނިންމައިފި

ހަމަ އަގު އެކުލެވޭ ރަން ދީނާރާއި ރިހި ދިރުހަމާއި ކޮޕާ ފަލްސް ބޭނުން ކުރުމަށް ތައްޔާރު ވަމުންދާ ކަމަށް އިރާގާއި ޝާމްގައި ހަރަކާތްތެރިވާ އައިއެސް ނުވަތަ އިސްލާމިކް ސްޓޭޓް ޖަމާއަތުން އިއުލާންކޮށްފިއެވެ. އިރާގާއި ޝާމްގައި އިސްލާމީ ޚިލާފަތެއް “ދައުލަތުލް އިސްލާމިއްޔާ” ނަމުގައި އުފައްދާފައިވާ ކަމަށް ދައުވާ ކުރާ އައިއެސް އިން މިކަން ހާމަކޮށްފައިވަނީ ދާބިޤް ނަމުގައި އެޖަމާއަތުން ކޮންމެ މަހަކު ނެރޭ މަޖައްލާގެ މިދިޔަ މުހައްރަމް މަހުގެ އަދަދުގައެވެ.
މި ނޮވެމްބަރ މަހު ނެރުނު ދާބިޤްގެ 5 ވަނަ އަދަދުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ޚިލާފަތުގެ ފައިސާއެއްގެ ގޮތުގައި ދީނާރާއި ދިރުހަމް ބޭނުން ކުރުމަށް ނިންމަވާ އެމަސައްކަތް ކުރިއަށް ގެންދިއުމަށް، އެޚިލާފަތުގެ ޚަލީފާ އިބްރާހިމް އިބުނު އައްވާދު އަލްޤުރައިޝީ، ނިންމަވާފައިވަނީ އެކަމަށް ޚާއްސަކޮށް ގެން ތައްޔާރުކުރެވުނު ކަރުދާސް ރަގަޅަށް ބެއްލެވުމަށްފަހު ޝޫރާ ކައުންސިލްގެ ފުރިހަމަ ތާއީދާއި އެކު ކަމަށެވެ.
މިފައިސާގައި ބޭނުންކުރާ ތަސްވީރުތައް ރަމްޒުކޮށް ދޭނީ އިސްލާމީ ޝިއާރުތައް ކަމަށް އެފަރާތުން ހާމަކުރެއެވެ. އެގޮތުން، މި ފައިސާ ތަކުގައި ބޭނުންކުރާ ހަތްކުރާ ގަނޑުގެ ގޮދަން ހިމެނޭ ތަސްވީރު ރަސްޒުކޮށްދެނީ ސަދަގާތް ކުރުން ކަމަށާއި، އައްޑަނަ ފެންނަ ރިހި ފައިސާ ފޮތިން ރަމްޒުކޮށް ދެނީ ޖިހާދު ކުރުން ކަމަށާއި، ކަދުރު ރުއް ރަމްޒުކޮށް ދެނީ އިސްލާމީ އަގީދާ އާއި ކެތްތެރި ކަމާއި ހެޔޮ އަމަލުކަމަށް ވެސް އެއަދަދު ގައިވެއެވެ. މިފަދަ ފައިސާ އެއް އުމަވީ ދައުލަތުގައި އަބްދުލް މާލިކް ބުނު މަރުވާން ތައާރަފް ކުރިއެވެ.
އައިއެސް ޖަމާއަތުން މިކަމަށް އިސްނެގި އިރު، މީގެ ކުރިން އިސްލާމީ ބައެއް ފަރާތްތަކުން މިހާރު ބޭނުންކުރާ ކަރުދާސް ފައިސާގެ ބަދަލުގައި ފައިސާ ފޮތީގައި އޭގެ ހަމަ އަގު އެކުލެވޭ ފައިސާ ބޭނުން ކުރުމަށް ގޮވާލާފައިވެއެވެ. އެ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މުޅި ދުނިޔެއަށް މިހާރު ދިމާވަމުންދާ އިންފްލޭޝަނާއި އިސްޓްރެސްޓްގެ މައްސަލަ އެފަދަ ފައިސާ އަކުން ސަލާމަތް ކުރެވޭނެއެވެ.
މީގެ އިތުރުން، ނޮވެމްބަރ މަހު 17 ވަނަ ދުވަހު، ޔަމަން، ސައިނާ (މިހާރުގެ މިސްރުގެ ބައެއް)، ލީބިޔާ، އަލްޖީރިއާގެ އިތުރުން ސައޫދީ އަރަބިއްޔާ ގެ ބަޔަކު އައިއެސް ގެ ޚަލީފާ އަށް ބައިތު ހިފިކަމަށް ވެސް އައިއެސްގެ ދާބިޤްގެ 5 ވަނަ އަދަދުގައި ހާމަކޮށްފައި ވެއެވެ. “މާރޗް (ދަތުރު) ﷲ ގެ އިޒުނަ ފުޅާއިއެކު ރޯމާއި ހަމައަށް ވާސިލުވެވެން ދެން ކުރިއަށް ގެންދާނަން” ޚާލީފާ ވިދާޅުވި ކަމަށް އެއަދަދުގައި ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު