ފުވައްމުލަކު ސިޓީ ކައުންސިލުން ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރުމަށް ދައުވަތު އަރުވައިފިއެވެ. އަންނަ އާދީއްތަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައި ބޭއްވޭ މިބައްދަލުވުމުގެ ބޭނުމަކީ ފުވައްމުލަކު ސިޓީ ކައުންސިލުގެ 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު އެކުލަވާލުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މިބައްދަލުވުން އޮންނާނީ ޖެނުއަރީ 5 ވަނަ ދުވަހު ރޭގަނޑު 8:30 ގައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުވުން ބާއްވާއިރު ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުކުރާ ކައުންސިލް މެންބަރުންގެ ކެމްޕޭނެ އެންމެ ފޯރިއާއިއެކު ކުރިއަށްދާ ދުވަސްތަކަކަށެވެ. އެޕްރީލް މަހު ބޭއްވޭ ކައުންސިލް އިންތިޚާބަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޚިޔާލުތައް