A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓިން ރާކައްކާ 4 ގެއް ހޯދައި، 23 މީހުން ހައްޔަރުކޮށްފި

ފުލުހުން ގެ ޚާއްސަ އޮޕަރޭޝަނެއްގައި ފުވައްމުަލއ 4 ގެއަކުން ރާކައްކަން ތައްޔާރުކޮށްފައި ހުޓާ ވަނީ ހޯދާފައި

ފުވައްމުލައް ސިޓީން ރާ ކައްކަން ތައްޔާރުކޮށްފައި ހުރި 4 ގެއް ހޯދައި 23 މީހުން ފުލުހުން ހައްޔަރުކޮށްފޮއެވެ.

އައު އަހަރު ފެށުމާއި ދިމާކޮށް ޑިސެމްބަރު މަހު 31 އިން ފެށިގެން ފުލުހުން ހިނގާ ޚާއްސަ ހަރަކާތެއްގައި ކޯޓު އަމުރު ހޯދައި ފުވައްމުލައް ސިޓީގެ 5 ގެއް ބަލައި ފާސްކޮށްފައި ވެއެވެ. އެގޮތުން ފާސްކުރި 5 ގޭގެ ތެރެއިން 4 ގޭއްގައި ރާ ކައްކަން ސާމާނު ތައްޔާރުކޮށްފައި ހުޓާ ފުލުހުން ވާނީ ހޯދާފައެވެ.

މި 4 ގެއިން މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ހިންގި މި ހަރަކާތުގައި ކައްކާފައިވާ ރާފުޅިތަކެއް ވެސް ވަނީ ހޯދާފައެވެ. އެގޮތުން 500 އެމްއެލް ގެ 14 ފުޅި ރާ ފުލުހުން ހޯދާފައި ވެއެވެ.

މީޑިއާއަށް ފުލުހުން ވިދާޅުވެފައި ވަނީ ފުވައްމުލަކު ސިޓީގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ރަށުތެރޭގެ އާންމު މަސްލަހަތު ނަގާލަން އުޅުމާއި މަސްތުގެ ހާލުގައި ތިބިކަމަށް ބެލެވިގެން އިތުރު 18 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ވުމާއެކު މިހަރަކާތުގައި ޖުމްލަ 23 މީހުން ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުން މިހަރަކާތް ހިންގާފައ ިވަނީ ފުވައްމުލަކު ސިޓީގެ ތިން ސަރަހައްދަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ކުރެވުނު މަސައްކަތުން ފުވައްމުލަކު ސިޓީގެ އާންމު ހާލަތު ރަނގަޅުކަމަށް ފުލުހުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !