A wide advertisement which will be shown on all devices. (700 x 100)

އަފުންގެ ބަހަ ބަހުޘް މުބާރާތި ޗެމްޕިއަންކަން ޙާފިޒް އަޙްމަދު ސްކޫލަހަ

އަވަށޮ ތެކަހަ ޒަމާނުއްސުރެން ދެރެފޭ ތީ ނަންތެ ބަދަލް ކޯގެން ނިވެންނެން -ހިސްޓޯ

ފިސްޑާއެން އިންތިޒާމް ކޯގެން ބޭއްވީ”މާދަޑި ކައުންސިލެ އަފުންގެ ބަހަ ބަހުޘް މުބާރާތި  ޗެމްޕިއަންކަން ޙާފިޒް އަޙްމަދު ސްކޫލެން ހުވާފީ.

ރެއި މިރަށި ޒުވާނުންގެ މަރުކަޒި ބެވީ މި ފޯރިގަދަ ބަހުޘެއް ޗެމްޕިއަންކަން ހާފިޒް އަޙްމަދު ސްކޫލެން ހުވީ، ފެނަކަ ކޯޕަރޭޝަން އާ ފައިނަލި ބައްދަލް ކޯފޭ.

އަފުންގެ ބަހަ ބަހުޘް މުބާރާތި ފައިނަލް ބަހުޘް ޝަރުފެވެރި ކޯދީނީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވުސްގެ ނައިބް ރައީސް އަދި މިރަށަހަ އުފަން، އަފުންގެ ބަހަ ކުރި އަރުވަންނަ މަސައްކަތްކެރާ ޝިފާޤް މުފީދު (ހިސްޓޯ).

ޝަރުފުވެރި މެހުމާނުު  ހިސްޓޯ ވާހަކަ ދައްކަމުން، މިރަށި އަވަށޮ ތެކަހަ ޒަމާނުއްސުރެން  ދެރެފޭ ތީ ނަންތެއް (ދަޑިމަގި، ދިގުވާޑި،ހޯދަޑި،މާދަޑި،މިސްކިތްމަގި،މާލެގަމި،ފުނާޑި،ދޫޑިގަމި) ބަދަލް ނިކެރުމަހަ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އަދި މިޅި ދައުލަތަހަ ވެނީ ގޮވާލާފޭ.

ހިސްޓޯ މިހެން ބެނެފޭ ވޭކަލް، ރަސްމީ ލިޔުންތެއްކާ، އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެން ފެނޮވީ އަވަށޮތެކެއި ނަން ބޯޑެއި އޮންނައީ އަވަށި ނަން މާލޭބަހަށަ ބަދަލްކޯފޭ. މީސަލަކަހަ ދަޑިމަގި ބަދަލި ދަޑިމަގު، މާދަޑި ބަދަލި މާދަޑު،ފުނާޑި ބަދަލި ފުނާޑު، މިކަހަލަ ގޮތަކަހަ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !