A wide advertisement which will be shown on all devices. (700 x 100)

މާދަމާ ހަވީރު މުޅި ސިޓީން ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ

ފެނަކަ ސްޓާފުން ޓްރާންސްފޯމަރު ގެއެއްގައި މަސައްކަތް ކުރަނީ

މާދަމާ ހަވީރު ފުވައްމުލައް ސިޓީގެ ހުރިހާ ހިސާބަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ ފުވައްމުލައް އިން ހާމަކޮށްފިއެވެ.

ފެނަކަ-ފުވައްމުލައް އިން ހާމަކުރާ ގޮތުގައި ކަރަންޓްގެ ޚިދުމަތް މާދަމާ މެދުކަނޑާލެވެނީ ދާދި ފަހުން ފުވައްމުލަކުސިޓީއަށް ގެނެވުނު ޖެނެރޭޓަރު ސެޓްގެ ޕެނަލް ބޯޑު ކަރަންޓް ނެޓްވޯކް އާއި ގުޅުމުގެ މަސައްކަތް ކުރުމަށްޓަކައެވެ.

އެގޮތުން މާދަމާ (7 ޖެނުއަރީ 2020) ކަރަންޓް މެދު ކަނޑާލެވޭނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އާއި ދެމެދުގައި ކަމަށް ފެނަކަ ފުވައްމުލައް އިން ނެރުނު ނޯޓިސްގައި ވެއެވެ.

ދާދިފަހުން ފެނަކަ ކޯޕަރޭޝަނގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ފުވައްމުލައް ސިޓީއަށް ވަޑައިގެން ފެނަކަ ފުވައްމުލަކު ބްރާންޗުން ދެމުން ގެންދާ ޚިދުމަތާއި މެދު ހިތްހަމަޖެހިވަޑައިނުގެން ފެނަކަ ފުވައްމުލަކުގެ ބައެއް އިންތިޒާމުތަކަށް ބަދަލުގެނެސްފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !