A wide advertisement which will be shown on all devices. (700 x 100)

މޭޔަރުކަމަށް ނިޒާމް އާއި އިސްމާއިލް ރަފީގް ފޯމް ހުށަހަޅައިފި

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމުގެ މަގާމަށް މުހައްމަދު ނިޒާމް ހަސަން އަދި އިސްމާއިލް ރަފީގް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފިއެވެ.

ޖެނުއަރީ 31 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރުމަށް ނިޒާމް ފޯމް ހުށަހަޅައިފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި އިސްމާއިލް ރަފީގް ފޯމް ހުށަހަޅާފައިވަނީ އިއްޔެއެވެ. ނިޒާމް އަދި އިސްމާއިލް ރަފީގް ވެސް ފޯމް ހުށަހަޅާފައިވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކުގައެވެ. ނިޒާމް އާއި އިސްމާއިލް ރަފީގް ވެސް ފާހަގަ ކުރެވިފައިވަނީ އެމްޑީޕީ އުފެދުނީސުރެ ވެސް އެޕާޓީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކެއްގެ ގޮތުގައެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރ ކަމުގެ މަގާމަށް ދެން ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިހާރުގެވެސް މޭޔަރ އަބްދުﷲ ފަލާހް ޝަރީފް އާއި އަހްމަދު މުހައްމަދު (އަކްމަން) އެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ މަޖިލިސް މެމްބަރ އަލީ ފަޒާދު އާއި އަހްމަދު ތޯރިގް ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !