22 ޖެނުއަރީ 2020 ( ބުދަ )

އިންޑިއާއިން އަމަލުކުރަންފެށި މުސްލިމުންނާއި ދެކޮޅު ރައްޔިތުކަމުގެ ގާނޫނަށް މައިކްރޯސްފްޓްގެ ސީއީއޯ ފާޑުކިޔައިފި

އިންޑިއާއިން ދާދިފަހުން އަމަލުކުރަން ފެށި މުސްލިމުންނާއި ދެކޮޅު އެގައުމުގެ ރައްޔިތުކަށްވުމުގެ ގާނޫނަށް މައިކްރޯސްފްޓްގެ ސީއީއޯ ސަތުޔާ ނަޑެލާ ފާޑުކިޔައިފިއެވެ. ނިއުޔޯކުގައި ކުރިއަށްދިޔަ އިވެންޓެއްގެ ތެރެއިން ބަޒުފީޑާއި ވާހަކަދައްކަވަމުން ނަޑެލާ ބުނެފައިވަނީ “މިހާރު އެހިގާ ކަންތައްތަކަކީ ހިތާމަކުރާ ކަންތައްތަކެއްކަމަށާއި ޚާއްސަކޮށް އެ ތަނަށް އުފަންއެތަނެއްގައި އުޅެ ބޮޑުވި މީހެއްގެ ހައިސިއްޔަތުން އެކަމާއި ހިތާމަކުރާ ކަމަށެވެ.”

އިންޑިއާގެ އައިޓީގެ މައި ހަބެއްކަމަށްވާ ހައިދަރު އާބާދަށް އުފަން ނަޑެލާ އިތުރަށް ބުނެފައިވަނީ “އަޅުގަނޑު ކަހަލަމީހަކަށް މިކަހަލަ ގައުމެއްގައި މިފަދަ ފުރުސަތެއް ލިބުމަކީ ކޮންމެފަދަ ކަމެއްވެސް ހަގީގަތަކަށްވެދާނެ ކަމެއް، ބަގުލާދޭޝްއިން ހިޖުރަކޮށްފައިވާ މީހަކު އިންޑިއާގެ އަނެއް ޔުނިކޯން ތައާރަފުކުރުމުން ނުވަތަ އިންފޯސިސްގެ ސީއީއޯއަކަށް އަންނަ މަންޒަރު ދެކެން ލޯބިކުރާ ކަމަށް” އެވެ.

އިންޑިއާގެ ރައްޔިތުކަމުގެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހާއިއެކު އެގައުމުގެ އެކިކަންކޮޅުތަކުގައި ދަނީ ގަދައަށް ހަޅުތާލުކުރަމުންނެވެ. އަލްމާނީ (ސެކިއުލާ) އިންޑިއާގެ މިގާނޫނަށް ގެނައި މިބަދަލަކީ އަލްމާނީ ފިކުރާއި ތައާރަޒުވާ މުސްލިމުންނާއި ދެކޮޅު ނިންމުމެއްކަމަށް ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައިވާ ދިވެހިރާއްޖެއިން އަދިވެސް ދަނީ އިންޑިއާއި ގުޅުން ބަދަހިކުރަމުންނެވެ. އަދި އިންޑިއާގެ އެނިންމުމާއި ދެކޮޅު ހަދާފައެއްވެސް ނުވެއެވެ.ކިޔުންތެރިންގެ ޚިޔާލު