22 ޖެނުއަރީ 2020 ( ބުދަ )

ދީދާތު

ޔޫސުފު ދީދާތަށް ބަޑީގެ ހަމަލާއެއް އަމާޒުކޮށްފި

މަޝްހޫރޫ ދާއީ އަހުމަދު ދީދާތުގެ ދަރިކަލުން ޔޫސުފު ދީދާތަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގެ ސަބަބުން ހޮސްޕިޓަލުންގައި އެޑުމިޓުކޮށްފިއެވެ. ދީދާތު ގެ އާއިލާއާއި ހަވާލާދީ ސައުތު އެފުރިކާގެ ނޫސްތަކުން ހާމަކުރާ ގޮތުގައި ދީދާތުގެ ހާލުކޮޅު މިހާރުވަނީ ސްޓޭބަލް ކޮންޑިޝަނަކަށް ގެނެވިފައެވެ.

މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ހާމަކުރާ ގޮތުގައި ދީދާތަށް ހަމަލާ އަމާޒުކޮށްފައިވަނީ ވެރިއުލަމްގެ ފެމިލީ ކޯޓަށް ވަދެވަޑައިގަންނަވަނިކޮށެވެ. ދީދާތު ގަޔަށް އަރާފައިވަނީ އެއްއުންޑަކަމަށާއި އެހަމަލާ ދިނުމަށްފަހު ހަމަލާދިން މީހާވަނީ ފިލާފައިކަމަށް ނޫސްތަކުން ހާމަކުރެއެވެ. ބައެއް މީޑިއާ ރިޕޯޓުކުރާ ގޮތުގައި ދީދާތަށް ހަމަލާ ދީފައިވަނީ އިންޑިއާ ނަސްލުގެ މީހެއްކަމަށެވެ. ދީދާތު ވެރިއުލަމްގެ ފެމިލީ ކޯޓަށް ވަޑައިގެންނެވީ އަބިކަނބަލުންގެ ދީފާއުގައި ކަމަށްވެސް ބައެއް މީޑިއާތަކުން ހާމަކުރެއެވެ. ވެރިއުލަމް އަކީ ސައުތުއެފުރިކާގެ ވެރިރަށް ޑާބަންގެ އުތުރުން 27 ކިލޯމީޓަރުގައިވާ އަވަށެކެވެ.

ސައުތު އެފުރިކާގެ ޔޫސުފު ދީދާތަކީ އިސްލާމީ މަޝްހޫރު ދާއީ އަހުމަދު ދީދާތުގެ ދަރިކަލެކެވެ. ޔޫސުފު ދީދާތު އުޅުއްވަމުން ގެންދަވަނީ ސައުތު އެފުރިކާގައެވެ. ޔޫސުފު ދީދާތު ހިންދޫންނާއި ނަސާރާއިންނާއި ގުޅޭގޮތުން ދައްކާ ވާހަކަތަަކަށް ބައެއް ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.ކިޔުންތެރިންގެ ޚިޔާލު