25 ފެބުރުއަރީ 2020 ( އަންގާރަ )

banner

މާދަމާ ރޭ ބާއްވާ ދީނީ ދަރުހުގެ އިސްތިހާރު ޕޯސްޓަރެއް

‘ބޮޑު ދަރުސް’ ގެ ނަމުގައި މާދަމާރޭ ފވމ-ސިޓީގައި ދީނީ ދަރުހެއް ބާއްވަނީ

‘ބޮޑު ދަރުސް’ ގެ ނަމުގައި މާދަމާރޭ ދީނީ ދަރުހެއް ފުވައްމުލައް ސިޓީ ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިދަރުސް އޮންނާނީ މާދަމާ، 18 ޖެނުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ޏ.އޭއީސީ ހޯލުގައެވެ.

ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން މި ދަރުސް ދެއްވާނީ އައްޝައިޚު އިލްޔާސް ހުސޭން އެވެ. މިއީ ދީނީ އިލްމުވެރިޔާ އައްޝއިޚު އިލްޔާސު ފުވައްމުލައް ސިޓީ އަށް ކުރައްވާ އިލްމީ ޒިޔާރަތެއްގެ ތރެއިން ބާއްވާ ދަރުހެކެވެ.

މި ދަރުހުގެ އިތުރުން 2 ދަރުހެއް ދިނުމަށްވެސް މި އިލްމީ ޒިޔާރަތުގައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތުގައި) މާދަމާ ހޮނިހިރު ދުވަހު ހަވީރު އަސުރު ނަމާދަށްފަހު ދަރުސް ދިނުމަށް ހަމަޖެހިފައިވެއެވެ. ދެން ދަރުސް ދިނުމަށް ހަމަޖެހިފައި ވަނީ 19 ޖެނުއަރީ ވާ އާދީއްތަ ދުވަހު ހަވީރު އަސުރު ނަމާދަށްފަހު މަސްޖިދުއް ތައުބާ (ފުނާޑު) މިސްކިތުގައެވެ.

މިއީ ފުވައްމުލައް ސިޓީއާއި ޏ.އަތޮޅު ތައުލީމީ މަރުކަޒު ކުރިގެން ކުރިޔަށްގެންދާ ހަރަކާތެވެ.



ކިޔުންތެރިންގެ ޚިޔާލު