މިރޭ ފުވައްމުލަކުގައި ބާއްވާ، މޯލްޑިވުސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ) ގެ ޖަލްސާ އާއި ދިމާކޮށް އެމްޖޭއެމް އިން 2017 ވަނަ އަހަރު ދަރިވަރުންގެ ޔުނިފޯރމް ބަދަލުކުރުމާއި ގުޅޭ ގޮތުން ބާއްވަން އުޅުނު ބައްދަލުވުން ކެންސަލްކޮށްފިއެވެ.
މި ބައްދަލުވުން ކެންސަލް ކުރެވިފަިއި މިވަނީ ، މި ބަދަލުވުމަކީ މިރޭ ފުވައްމުލަކުގައި އޮނަނަ އެމްޔޫއޯ ގެ ޖަލަސާއަށް ބެލެނިވެރިން ދިޔަ ނުދިނުމަށްޓަކައި ބާއްވާ ބައްދަލުވުމެއް ކަމަށް ބުނެ ބައެއް ބެލެނިވެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
މި ބައްދަލް ވުން ކެންސަލް ވި ވާހަކަ ކްލާސްތަކުގެ ވައިބަރ ގުރޫޕްތަކުގައި މިހާރު ވަނީ ޖަހާފައިއެވެ. “މިރޭ ބާއްވަން ހަމަޖެހުނު މީޓިން މިހާރު ވަނީ ކެންސަލް ކުރެވިފައި، މީޓިން ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ވަހަކަ ދަންނަވަން” ވައިބަރ ޤުރޫޕްގައިވެއެވެ.
+1
+1
ޚިޔާލުތައް