A wide advertisement which will be shown on all devices. (700 x 100)

ރިއާލް މެޑްރިޑްގެ ލޯގޯގެ ސަލީބު މެދުއިރުމަތީގައި ބޭނުން ނުކުރުމަށް ނިންމައިފި

ރިއާލް މެޑްރިޑް އިން މެދުއިރުމަތީ ގައި ބޭނުން ކުރާ ލޯގޯ (ކ) އާއި ރަސްމީ ލޯގޯ،

މިދިޔަ އަހަރުގެ ޔޫރަޕް ފުޓްބޯޅައިގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑްގެ ލޯގޯގައި މެދުއިރުމަތީގައި ބޭނުން ކުރާއިރު ސަލީބު އުނި ކުރުމަށް ނިންމައިފިއެވެ. އެގޮތަށް، އެޓީމުން ނިންމާފައިވަނީ އެކްލަބުން އެކުވެރި އަރަބި އިމާރާތުގެ ނެޝަނަލް ބޭންކާއިއެކު ވެވުނު އެއްބަސްވުމެއް ގެ ދަށުންނެވެ. މިކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފުތާގެ ކުރީކޮޅު އެޓީމުގެ ރައީސް ފޮލޮރެންޓީނޯ ޕެރޭޒެވެ.

މި އެއްބަސް ވުމުގެ ދަށުން އެކްލަބުގެ މެމްބަރޝިޕް ދެގުނަ ކުރެވޭނެ ކަމަށާއި އަދި އެކުވެރި އަރަބި އިމާރާތުގެ ރައްޔިތުންގެ ހިތްތަށް ފަތަހަ ކުރުމަށް ފުރުސަތު އެކްލަބަށް ހުޅުވިގެން ދާނެ ކަމަށް، އެކްލަބުގެ މެމްބަރޝިޕް ކާޑުގެ ލޯގޯއިން ސަލީބު އުނިކޮށްފައިވާ، މެމްބަރޝިޕްކާޑު ދައްކާލި ބައްދަލުވުމުގައި ޕެރޭޒް ވިދާޅުވިއެވެ. ނަމަވެސް، މެދުއިރުމަތިން ބޭރުގައި ބޭނުންކުރާއިރު އެޓީމުގެ ލޯގޯއިން ސަލީބު އުނިކޮށްފައެއް ނުވެއެވެ.

ރިއަލް މެޑްރިޑްގެ ސަލީބު ލޯގޯއަށް ހިމަނާފައިވަނީ 1920 ވަނަ އަހަރު ސްޕެއިންގެ ރަސްގެފާނު އަލްފަންސޯ 13 ގެ ހުއްދައާއިއެކުއެވެ. ނަމަވެސް، އެކްލަބުގެ ލޯގޯއިން ސަލީބު 1931 އިން 1941 އަށް އުނިކޮށްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !