A wide advertisement which will be shown on all devices. (700 x 100)

އައިފޯން 7 ގެ އެންމެ ވަރުގަދަ ފޯނު ކެންސަލްވެއްޖެ ކަމުގެ އަޑުފެތުރެން ފަށައިފި

އެޕަލްއިން އައިފޯނު ނެރެން ފެށުނީއްސުރެ އައިފޯނުގެ އާއުފެއްދުންތައް ގިނަ ބަޔަކު ވަރަށް ގާތުން ބަލަމުންދެއެވެ. އެގޮތުން، މިއަހަރުގެ ޚަރީފު މޫސުމާއި ދިމާކޮށް އެޕަލް އިން ނެރެން ރާވަމުންދާ އައިފޯން 7 ގެ ފޯނުތަކަށް ފާރަލަމުންދާ ފަރާތްތައްވެސް މަދެއްނޫނެވެ. އަންނަ ސެޕްޓެމްބަރ މަހު ލޯންޗުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އައިފޯން 7ގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ވަރުގަދަ އެންމެ ބިޔަ އައިފޯނު 7 ޕްރޯ މިހާރު ކެންސަލް ވެފައިވާ ކަމަށް މީޑިއާ ތަކުން ތުހުމަތު ކުރެއެވެ. 

އައިފޯނު 7 ޕްރޯ އާއި ނުލާވެސް އެޕަލް އިން އައިފޯނު 7 ގެ ދެއުފެއްދުމެއް ބާޒާރަށް ނެރޭނެކަމަށް ބެލެވެއެވެ. އެއީ އައިފޯނު 7 އާއި 7 ޕްލަސް އަށްވާނެ ކަމަށް ބެލެވެއެވެ. ދެން އުފެދޭ އަނެއް ސުވާލަކީ 7 ޕްރޯ ނުއުފައްދަން ނިންމީ ކީއްވެގެން ބާވައެވެ. މީޑިއާ ރިޕޯރޓްތައް ބުނާ ގޮތުން ޑުއަލް ލެންސް ކެމެއާއެއް އައިފޯނު 7 ޕްރޯގައި ހުންނާނެ ކަމަށް ބެލެވެއެވެ. އަދި 7 ޕްރޯ ނުއުފައްދަން ނިންމުމާއި ޑުއަލް ލެންސް ކެމެރާއިން އެކަށީގެންވާ ސަމާލުކަމެއް 7 ޕްރޯ އަށް ލިބިދާނެ ކަމަށް ވުންވެސް އެކަށީގެންވެއެވެ. އަދި ޑްއަލް ލެންސް ކެމެރާ ފޯނުގައި ބޭނުންކުރުމަށް ކުރިން ދިމާވެފައިވާ ގޮންޖެހުންތަކުން އަރާގަނެވުމާއި ގުޅިގެން އެކެމެރާ 7 ޕްލަސްއަށް ފަސޭހަކަމާއިއެކު ބޭނުން ކުރެވިދާނެ ގޮތެއް ހޯދެވުނީ ކަމަށްވުންވެސް އެކަށީގެންވެއެވެ. ކޮންމެއަކަސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން އައިފޯނު 7 ޕްރޯއެއް ބާޒާރަށް ނުނެރޭނެއެވެ. އައިފޯނަކީ އަބަދުވެސް އުފެއްދުންތައް މަދުކުރަން މަސައްކަތްކުރާ ކުންފުންޏެކެވެ. ވާދަވެރި ސެމްސަން އިން ތަފާތު ފޯނުތައް ނެރޭއިރު އެޕަލް އިން އަބަދުވެސް ނެރެވީ ފަހަރަކު ގިނަވެގެން ދެމޮޑެއްއެވެ. އަދި އަހަރު ފޯނުކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !