A wide advertisement which will be shown on all devices. (700 x 100)

ގައުމީ ޔުނިވާސިޓީގެ ޓީމަކާއި ފުވައްމުލަކު ސިޓީ ކައުންސިލުން ބައްދަލުކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލާއި އެމްއެންޔޫގެ ބޭފުޅުން ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމަށް ފަހު 2020 ޖެނުއަރީ. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީ ކައުންސިލުން ދިވެހި ގައުމީ ޔުނިވާސިޓީގެ ޓީމަކާއި ބައްދަލުކޮށްފިއެވެ. އިއްޔެ ކުރިއަށް ދިޔަ މިބައްދަލުވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފުވެސް ބައިވެރިވެވަޑައިގަތެވެ. މިބައްދަލުވުމުގައި، ފުވައްމުލަކުގައި ހިންގޭ ކޯސްތައް އިތުރަށް ތަރައްގީކުރުމާއި ގައުމީ ޔުނިވާސިޓީގެ އައިސީޓީ ކެމްޕަސްއެއް ގާއިމު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޓީމަކާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބައްދަލުކޮށްފިއެވެ. މީގެ އިތުރުން، ސާނަވީ ތައުލީމު ނިންމުމަށްފަހު މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ހަނި ފަރާތްތަކަށް އެފުރުސަތު ހޯދައިދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައިވާކަންވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ގައުމީ ޔުނިވާސިޓީ އާއި ގުޅިގެން ފުވައްމުލައް ސިޓީގެ ޓީޗަރުންނާއި އަދި ފުވައްމުލަކަށް ބޭނުންވާ އެހެން ދާއިރާތަކުން މީހުން ބިނާކުރުމާއި ގުޅޭ ގޮތުންވެސް ވާހަކަދެކެވުނުކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ. ފުވައްމުލަކުގައި މިހާރުވެސް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ވަނީ ޓީޗިންގ ކޯސްތަކެއް ހިންގާފައެވެ. އަދި މުސްތަޤުބަލުގައި ތަފާތު ހުނަރުތައް ތަރައްގީ ކުރެވޭނެ ކޯސްތައް ހިންގުމަކީ ކައުންސިލްގެ އަމާޒެކެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !