A wide advertisement which will be shown on all devices. (700 x 100)

ސިވިލް ސާވިސް އާއި ގުޅޭގޮތުން ފވމ ސިޓީ ކައުންސިލްގެ މުވައްޒަފަކު އިންޑިއާގައި ތަމްރީނު ހަދަނީ

ސިވިލް ސާރވިސް ތަމްރީނު: ސަމާހަރ

ސިވިލް ސާރވިސް އާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފަކު އިންޑިއާގައި ބާއްވާ ކުރުމުއްދަތުގެ ތަމްރީނެއްގައި ބައިވެރިވެއްޖެއެވެ. އިންޑިއާގެ “ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް” އިން އެގައުމުގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ހިއުމަން ރިސޯސް އޮފިސަރ ސަމާހާ އަހްމަދުއެވެ.

މިތަމްރީނު ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 2 އިން 16 އަށެވެ. މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ ސިވިލް ސާރވިސް ދާއިރާގެ އިދާރާތަކުން ޖުމްލަ 28 މުވައްޒަފަކު ބައިވެރިވެފައި ވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި ސިޔާސަތުތަކާ ބެހޭގޮތުން ނެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެކައުންސިލްގެ އެކިއެކި މުވައްޒަފުން ވަނީ މީގެ ކުރިންވެސް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިކޮށް އަމަލީ މައުދާނުގެ ތަމްރީނު ދެވިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !