A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ވައިރަސްއާއި ގުޅިގެން ކެރެލާއަށް ނުދާން އިލްތިމާސްކޮށްފި

ކްރޯނާ ވައިރަސްގެ އަލާމާތާއި ފެތުރޭ ގޮތް

ދިވެހިންގެ ގިނަ ބަޔަކު ސިއްހީ ފަރުވާއަށް ދަތުރުކުރާ ކެރެލާއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން އެ ސްޓޭޓަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން އެހެންދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ފޮރިން މިނިސްޓްރީއިން ކެރަލާއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވަނީ އެސްޓޭޓްގައި ސިއްހީ ކުއްލި ހާލަތު އިއުލާންކުރުމާއި ގުޅިގެންނެވެ. މީގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ފަރާތްތަކާއި އިންޑިއާއަށް ދަތުރުކުރާ ފަރާތްތައް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ކުރުމަށްވެސް ފޮރިން މިނިސްޓްރީއިން އެދިލައްވައެވެ.

ދިވެހިން ބޭސްފަރުވާ އަށް ދަތުރުކުރާ ޓްރިވެންޓްރަމް އާއި ކޮޗިންވެސް ހިމެނޭ ކެރެލާ ސްޓޭޓްގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އެސްޓޭޓްގެ 3 މީހަކު ޗައިނާ އިން ފެނުނު ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެނެވެ. ކެރަލާގައި 3 މީހަކު ވައިރަސް އަށް ޕޮސިޓިވް ވެފައިވާއިރު، އެ 3 މީހުންނަކީވެސް ޗައިނާގައި ތައުލީމް ހާސިލް ކުރުމަށް ދިޔަ އިންޑިއާ އަށް ނިސްބަތްވާ 3 މީހުންނެވެ. މީގެ އިތުރުން،އެސްޓޭޓުގައި 140 މީހަކު ވައިރަސް އަށް ޝައްކު ކުރެވިގެން ޓެސްޓު ކޮށްފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !