A wide advertisement which will be shown on all devices. (700 x 100)

ފީލްޑް އޮފިސަރ ތަމްރީނު ފުރިހަމަކޮށް އާމިރު ރާއްޖެ އަތުވެއްޖެ

ދަނޑުވެރިކަމުގެ ފީލްޑް އޮފިސަރ ތަމްރީނު ފުރިހަމަކުރި އާމިރު (ކ) އަދި އެހެން ބައިވެރިން މިނިސްޓަރ ޒަހާއާއެކު

ދަނޑުވެރިކަމުގެ ރޮންގުން އިންޑިއާގެ ޓެމިލްނާޑޫގައި ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު ފުވައްމުލައް ސިޓީގެ ފީލްޑް އޮފިސަރ އާމިރު އަލީ، ވިލެޖ،ް ހޯދަޑު ރާއްޖެ އަތުވެއްޖެއެވެ. ސެޓްފިކެޓް ލެވެލްގެ ތަމްރީނު ޕްރޮގްރާމް އާމިރުއާއި އެކު އިތުރު 5 ބައިވެރިން ފުރިހަމަކޮށްފައި ވަނީ ޓެމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީއިން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ހާމަކުރައްވައެއެވެ.

މިތަމްރީނު ޕްރޮގްރާމަކީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ އެހީގައި ހިންގި 6 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ބައިވެރިންގެ އެންމެހާ ޚަރަދުތައް ހަމަޖައްސަވާފައިވަނީ އެ ފައުންޑޭޝަނުންނެވެ. އާމިރުގެ އިތުރުން މި މިޕްރޮގްރާމް ފުރިހަމަ ކުރައްވާފައި ވަނީ ދަނޑުވެރިކަމާއި ބެހޭ  މިނިސްޓްރީގެ މުވައްޒަފަކާއި ހއ.ކެލާ، ހދ.ނެއްލައިދޫ، ރ.ވާދު، ގއ.މާމެންދޫ ފީލްޑް އޮފިސަރެކެވެ.

މިތަމްރީނު ޕްރޮގްރާމަށްފަހު އާމިރު މަސައްކަތް ކުރުމަށް ހަމަޖެހިަފއި ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގައި ދަޑުވެރިކަމުގެ ފީލްޑް އޮފިސަރެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިން ހދ.ހަނިމާދޫގައިި ހުންނަ ރާއްޖޭގެ ދަނޑުވެރިކަމުގެ ތަމްރީނުދޭ މަރުކަޒުގައި އާއި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ދަނޑުވެރިކަމުގެ ދާއިރާއިން އާމިރު ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ.

ޓެމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީއިން ހިންގި މިކޯސް ބައްޓަންކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށާއި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކޯހުގައި ރާއްޖޭގެ ދަނޑުވެރިންނަށް އާންމުކޮށް ދިމާވާ ތަފާތު ބަލިތައް ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ކޮންޓްރޯލް ކުރަން ދަސްކޮށް ދިނުން ހިމެނިފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ ފެންފަށަލައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ފެނުގެ ވަޞީލަތް މެނޭޖްކޮށް ބަލަހައްޓާނެ ގޮތްތަކާއި، ދަނޑުބިންތަކުގެ ފަސްގަނޑުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައި ވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަ ކުރެވޭނެހެން ދަނޑުވެރިންގެ މަސައްކަތްތައް ބައްޓަން ކުރާނެ އުކުޅުތައް ހުށަހަޅާދީފައިވާނޭ ކަމަށް ވެސް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ހާމަކުރައްވައެވެ.

ފީލްޑް އޮފިސަރުން ކައުންސިލްތަކުގައި މަސައްކަތް ކުރަން ފެށުމާއިއެކު ރަށްރަށުގެ ދަނޑުވެރިންނަށް އެމީހުންގެ އެހީތެރިކަން ލިބޭނެ ގޮތަށް ކައުންސިލުން ކަންތައްތައް ތަރުތީބުކޮށް ދެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އެދިވަޑައި ގެންފައިވެއެވެ.

މީގެ ކުރިން ވެސް ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ދަނދުވެރިކމާއި ގުޅޭ ތަމްރީނުތައް އާމިރު ފުރިހަމަކޮށްފައި ވޭ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !