A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: މިހާތަނަށް އެންމެ ގިނަ މީހުން އެއްދުވަހެއްގެ މައްޗަށް މަރުވެފައިވަނީ އިއްޔެ

ޗައިނާގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިއްޔެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އަދިވެސް ކޮންޓްރޯލް ނުކުރެވޭ މިވައިރަސް ޖެހިގެން އިއްޔެ 73 މީހުން މަރުވެފައިވާ އިރު މިހާތަނަށް މިބަލި ޖެހިގެން މަރުވެފައިވަނީ 563 މީހުންނެވެ. އިއްޔެ 73 މީހުން މަރުވެފައިވާއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ ޗައިނާގައި މިބަލި ފެނުނު ވޫހާއާއި ވޫހާން ނިސްބަތްވާ ހުބެއި ޕްރޮވިންސްއިންނެވެ. 25 ގައުމުން މިބަލި ފެނިފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް މަރުވި 563 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެހެން ހުރިހާ އެންމެންނަކީވެސް ޗައިނާއިން މަރުވި މީހުންނެވެ. އަނެއް ދެމީހުންނަކީ ފިލިޕިންސް މީހަކާއި ހޮންކޮންއިން މަރުވި މީހެކެވެ.

ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ޗައިނާގައި މިއަދުގެ ހެނދުނާ ހަމައަށް 3694 މީހުން އަލަށް މިބައްޔަށް ޕޮޒިޓިވުވިއެވެ. އެއަދަދާއިއެކު ޗައިނާގައިން މިހާތަނަށް މިބަލީގެ ޝިކާރައަކަށް 28018 މީހުންވެފައިވެއެވެ.

2 ފެބުރުއަރީ 6 ފެބުރުއަރީ ވައިރަސް ފެނުނު ގައުމު
14،380 28،018 ޗައިނާ
12 14 އޮސްޓްރޭލިއާ
1 ބެލްޖިއަމް
1 1 ކެމްބޯޑިއާ
4 4 ކެނެޑާ
6 6 ފްރާންސް
1 1 ފިންލޭންޑް
8 12 ޖާމަނީ
2 3 އިންޑިއާ
2 2 އިޓަލީ
20 33 ޖަޕާން
8 12 މެލޭޝިއާ
1 1 ނޭޕާލް
2 3 ފިލިޕިންސް
2 2 ރަޝިއާ
18 28 ސިންގަޕޫރު
15 19 ދެކުނު ކޮރެއާ
1 1 ސްޕެއިން
1 1 ސްރީލަންކާ
1 1 ސްވިޑްން
10 11 ޓައިވާން
19 25 ތައިލޭންޑް
2 2 ޔޫކޭ
8 12 ޔޫއެސް
5 5 ޔޫއޭއީ
6 10 ވިއެޓްނާމް
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !