A wide advertisement which will be shown on all devices. (700 x 100)

އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ފޯލް ސެމެސްޓަރ ފެށެނީ

ޑޮކްޓަރ ބިލާލް ފިލިޕްސްގެ މުއައްސިސްކަމުގެ ދަށުގައި އުފެއްދި އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ފިނިމޫސުމުގެ އައު ސެމިސްޓަރ އަށް އެންރޯލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެންރޯލް ވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީއަކީ ޓިއުޝަން ފީ އެއްނުނަގާ ޑިގްރީ އާއި ހަމައަށް ކިޔައިދޭ ހަމައެކަނި ޔުނިވަރސިޓީއެވެ. ދިވެހި 38 ދަރިވަރުން ރެޖިސްޓްރީ ކުރެވިފައިވާ މިޔުނިވަރސިޓީއިން އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އާއި އެކިއުކޭޝަންގެ އިތުރުން ސައިކޮލޮޖީއިން ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔަވައިދެއެވެ. އެ ޔުނިވަރސިޓީ އިން މިހާރު ދަނީ އިސްލާމިކް ސްޓަޑީޒްގެ މާސްޓަރސް ޕްރޮގްރާމަށް ތައްޔާރުވަމުން ކަމަށް އެޔުނިވަރސިޓީގެ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާއިން ހާމަކުރެއެވެ.

މާލެއާއި އައްޑު އަތޮޅުގައި އެގްޒާމް ސެންޓަރ މިހާރުވެސް ރެޖިސްޓްރީވެފައިވާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީ އިން ހިންގާ ޕްރޮގްރާމް ތަކަކީ 100 އިންސައްތަ އޮންލައިން ޕްރޮގްރާމް ތަކެކެވެ. “އިލްމުގެ ޒަރިއްޔާއިން ދުނިޔެ ޚާއްސަކޮށް އިސްލާމީ އުއްމަތަށް ހެޔޮ ބަދަލެއް” ގެނައުމުގެ ނިޔަތުގައި ބިލާލް ޕިލިޕްސް އުފެއްދި މި ޔުނިވަރސިޓީގެ ޗާންސެލަރއަކީ ވެސް ބިލާލެވެ. މި ޔުނިވަރސިޓީއާއި ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވަރަށް އަވަހަށް މާލޭގައި ބާއްވާނެކަމަށް މިޔުނިވަރސިޓީގެ ދިވެހި ދަރިވަރުން ތަމްސީލުކުރާ ގޮފިން މިކަލް ނޫހަށް މައުލޫމާތު ދެއެވެ.

ސޯމާލިޔާ، ގެމްބިއާ އަދި ގިނީ ބައިސޯގައި ހިންގުމުގެ ހުއްދަދީފައިވާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީ އާއިއެކު މެލޭޝިއާގެ ޔުނިވަރސިޓީ ޕާރލިސް މެލޭޝިއާ އާއި ކްވެއިތުގެ ކްވެއިތު ޔުނިވަރސިޓީ އާއި ފިލިޕިންސްގެ ވިސްޑަމް އިންޓަރނޭޝަނަލް ސްކޫލް ފޯ ހަޔަރ އެޑިއުކޭޝަން، އެފިލިއޭޓް ވެފައިވާއިރު ސޯމާލިއާގެ ގޯލިސް ޔުނިވަރސިޓީ އިން އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ އިސްލާމިކް ސްޓަޑީޒް ޑިގްރީ ކޯސް ފުރިހަމަ ކުރާ ފަރާތަށް ގޯލިސް ޔުނިވަރސިޓީގެ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށްވެސް ދިވެހި ދަރިވަރުން ހާމަކުރެއެވެ.

ފުވައްމުލަކުގައި މިހާތަނަށް އަދި އެގްޒާމް ސެންޓަރެއް ރަޖިސްޓްރީވެފައި ނެތް ނަމަވެސް އެފުރުސަތު ހުޅުވިފައިވާ ކަމަށާއި، އިންޓަރނެޓް މެދުވެރިކޮށް ޑީގްރީ އާއި ހަމައަށް ފުވައްމުލަކުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވިފައިވާ ކަމަށްވެސް އެ ޔުނިވަރސިޓީގެ ދިވެހި ދަރިވަރަކު ވިދާޅުވިއެވެ. އެކްރެޑިޓް ކޯސްތަކަށް ވަދެވެނީ ދަށްވެގެން މަތީ ސާނަވީ ތައުލީމާއި އެއްފެންވަރެއްގެ ސެޓްފިކެޓެއް އޮންނަ ފަރާތްތަކަށް ކަމަށް ވިޔަސް އެފަދަ ސެޓްފިކެޓެއް ނެތް ނަމަވެސް އެކްރެޑިޓް ނުކުރެވޭ ގޮތަށް ޑިގްރީ ޕްރޮގްރާމަށް ވެސް ވަދެވިދާނެ ކަމަށް ދިވެހި ދަރިވަރުން ހާމަކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !