A wide advertisement which will be shown on all devices. (700 x 100)

އެޑިއުކޭޝަން އިނޮވޭޝަން ގެ ނަމުގައި ފުވައްމުލަކުގައި ކޮންފަރެންސެއް ބާއްވަނީ

ފުވައްމުލަކުގައި މިމަހު 14-15ށް ބާއްވާ އެޑިއުކޭޝަން ކޮންފަރެންސްގެ ބެނާއެއް

އެޑިއުކޭޝަން އިނޮވޭޝަން ގެ ނަމުގައި މި ސެޕްޓެމްބަރު މަހު 14-15 އަށް ފުވައްމުލަކުގައި ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މިއީ ރާއްޖެގެ އަތޮޅެއްގެ ރަށެއްގައި އިލްމީ ކޮންފަރެންސެއް ބާއްވާ ފުރަތަމަ ފަހަރެވެ. ފުވައްމުލަކު ޓީއާރުސީ އާއި، ސްކޫލްތައް އަދި އަތޮޅު ކައުންސިލާއި އެންއައިއީ (ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން) ގުޅިގެން ބާއްވާ މިކޮންފަރެންސަށް ފުވައްމުލަކުން ބޭރުގެ އިލްމީ ބޭފުޅުން ވަޑައިގެން އިލްމީ ކަރުދާސްތަކެއް ހުށަހަޅުއްވާނެ ކަމަށް ވެއެވެ. އަދި މީގެ އިތުރުން ފުވައްމުލަކުގެ އިލްމީ އެކި ފަރާތްތަކުން ވެސް އެބޭފުޅުންގެ ދިރާސާތައް ހުށަހަޅުވާނެކަމަށް ވެއެވެ.

ރާއްޖޭގެ ފަރާތަކުން އިސްނަގައިގެން މިފަދަ އިލްމީ މަސައްކަތްތައް ކުރާތަން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ރާއްޖޭގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ވަނީ ޓީޗާރސް ކޮންފަރެންސާއި ޕްރިންސިޕަލްސް ކޮންފަރެންސް ފަދަ ބައެއް ބައްދަލުވުންތައް ބާއްވާފައެވެ.

ފުވައްމުލަކުގައި ބާއްވާ މިކޮންފަރެންސަށް ރަށުން ބޭރުން ވަޑައިގަންނަވާ އެންމެހައި ފަރާތްތަކުގެ އެކޮމޮޑޭޝަނުގެ ކަންތައް ކޮންފަރެންސް އިންތިޒާމު ކުރާ ފަރާތުން ހަމަޖައްސައި ދެއެވެ.

މިކޮންފަރެންސްގެ މަގުސަދަކީ އިލްމީ މަޝްވަރާތައް މެދުވެރިކޮށް މަންހަޖު އަދި އުނގަންނައިދޭ ގޮތްތައް ކުރިއެރުވުމެވެ.

“ފުވައްމުލަކަކީ މިބިމުގައިވާ އެންމެ އުފާވެރިތަނަށް” ހެދުމުގެ ޝިއާރުގެ ދަށުން މިކޮންފަރެންސުގެ އެއްއަމާޒަކީ ފުވައްމުލަކަކީ މަތީ ތައުލީމުގެ ހަބަކަށް ހެދުންކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !