A wide advertisement which will be shown on all devices. (700 x 100)

ފވމ ސިޓީގެ މަޝްރޫއުތަކުން ތިމާވެއްޓަށް ކުރާނެ އަސަރާއި ބެހޭގޮތުން މަޝްވަރާކޮށްފި

ޕްރޮޖެކްޓްތަކުން ތިމާވެއްޓަށްކުރާނެ އަސަރާއި ގުޅޭ ގޮތުން އީޕީއޭއިން ފވމ ސިޓީ ކައުންސިލާއި މަޝްވަރާ ކުރަނީ -

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީޕއޭ)ގެ ޓީމަކާއި ފުވައްމުލައް ސިޓީ ކައުންސިލުން މަޝްވަރާކޮށް އިއްޔެ ފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މީޓިން ރޫމުގައި ކުރިޔަށް ދިޔަ މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރާނެ އަސަރާއި ބެހޭގޮތުން ހިޔާލު ބަދަލުކޮށްފައި ވެއެވެ.

ފުވައްމުލަައް ސިޓީގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށްގެން އުޅޭ ޓީމުން ފުވައްމުލައް ސިޓީގެ ރައްޔިތުން މިފަދަ މަޝްރޫއުތަކާއި ގުޅޭގޮތުން ތިމާވެއްޓަށް ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށްޓަކައި ސަރވޭއެއް ކުރުމަށް ހަމަޖެހިފަި ވާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !