A wide advertisement which will be shown on all devices. (700 x 100)

ބިލާލު ފިލިޕްސް އަކީ ހަރުކަށި ފިކުރު މީހެއްކަމަށް އެމްޑީޕީގެ އިސްވެރިން ތުހުމަތުކޮށްފި

މުސްލިމު ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ޝެއިޚް ބިލާލު ފިލިޕްސް އަކީ ހަރުކަށި ފިކުރުގެ މީހެއްކަމަށް އެމްޑީޕީގެ ބައެއް އިސްވެރިން ތުހުމަތު ކުރަންފަށައިފިއެވެ. ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ޑޮކްޓަރު ބިލާލު ފިލިޕްސް ގެނައުމަށް ނިންމާ ސްޕޯޓްސް މިނިސްޓަރު ކުރެއްވި ޓްވީޓަކާއި ވިދިގެން އެމްޑީޕީގެ އިސްސަފުގައި ހިމެނޭ ބަޔަކު ދަނީ އެއީ ހަރުކަށިގެ ފިކުރުގެ މީހެއްކަމަށް ބުނެ ބިލާލު ފިލިޕްސް ގެނައުމާއި ދެކޮޅު ހަދަމުންނެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒުވާނުންނަށް ހާއްސަ ކޮށްގެން، ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ޕްރޮމޯޓު ކުރުމަށް އަންނަ މަހުގެ 12-18 ވަނަ ދުވަހާ ހަމައަށް ބިލާލް ރާއްޖޭގައި ހުންނަވާނެ ކަމަށެވެ. އެ ދައުވަތު ގަބޫލު ކުރެއްވުމުން މަހުލޫފު ވަނީ އޭނާ ބިލާލަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޓްވީޓަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވެފައިވަނީ ބިލާލު ފިލިޕްސް ހައްދުފަހަނައަަޅައި ދިއުމުގެ ވިސްނުން ފަތުރާ ކަމަށާއި އަދި އަންހެނުންނަށް އަނިޔާ ކުރުމަށް ހިތްވަރު ދޭކަމަށާއި އަދި ޑިމޮކްރަސީ ފަނާކުރުމަށް ދެއްވާ ޚިޔާލު ބަޔާން ކުރައްވާނެ ކަމަށާއި އަދި ބިލާލު ފިލިޕްސް ގެނައުން ހުއްޓާލުމަށެވެ.

އީވާގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި، ބިލާލް އަކީ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއެއް ނޫނެވެ. އޭނާގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން މިހާރު ވެސް ގިނަ ގައުމުތަކަށް ވަނުން މަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އިންތިޔާޒު އެވިދާޅުވާ ގައުމުތަކަކީ މުސްލިމު ފިކުރުތަކާއި ދެކޮޅު އިގިރޭސި ވިލާތާއި، އޮސްޓްރޭލިއާއާއި ޑެންމާކެވެ.

މަދީނާ ޔުނިވާސިޓީއިން ދަސްވެނިވެފައިވާ ބިލާލު ވަނީ 50 އަށްވުރެ ގިނަ ފޮތް ތަރުޖަމާ އަދި ޝަރަހަކުރައްވާފައެވެ. އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ބާނީ ބިލާލަކީ ތައުލީމީ ދާއިރާއަށްވެސް އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިސްލާމީ ދުނިޔޭގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުސްލިމު ލީޑަރަކަށް ނޮމިނޭޓްވެސް ވެފައިވާ ބިލާލު ފިލިޕްސްފަދަ ޝަހުސިއްޔަތުތައް ދެކެ އަބަދުވެސް ހުޅަގުގެ މުސްލިމުންނާއި އިދިކޮޅު ފަރާތްތަކުން ނުރުހުން އަމާޒުކުރެއެވެ. ހުޅަނގު ދުނިޔެއާއި ގާތްގުޅުމެއް ބާއްވާ އެމްޑީޕީ މަސައްކަތް ކުރަމުންދަނީ ރާއްޖެ އަލްމާނީ (ސެކިއުލާ) ދައުލަތަކަށް ހެދުމަށްކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !