A wide advertisement which will be shown on all devices. (700 x 100)

ފުނާޑު ކައުންސިލަގެ އަޟުޙާ އީދު ގެ ހަރާކާތްތައް

ފުނާޑު ކައުނސިލްގެ އީދު ހަރަކާތްތައް

ފުނާޑު ކައުންސިލުން އާޟުހާއީދާއި ގުޅުވައިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތައް އިޢުލާން ކޮށްފިއެވެ. އެކައުންސިލުން އާއްމު ކުރައްވާފައިވާ ގޮތުން މައިގަނޑު 6 ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ތާވަލް ކުރެވިފައި ވެއެވެ. އެޙަރަކާތްތަކަކީ އީދު ނަމާދު ކުރުމާއި އެއަށްފަހު ގޭގެއަށް ޒިޔާރަތްކޮށް އީދު ސަލާމް ކުރުމާއި، ކަނދޮވަލި ދަނޑުގައި ބާއްވާ ކުޅިވަރުތަކަކާއި ރޭގަނޑު ބާއްވާ ބާބެކިއުއަކާއި ފެންކުޅީގެ އިތުރުން ގަސްއިންދުމުގެ ހަރަކާތެކެވެ.

ފުނާޑު ކައުންސިލުން އީދު ނަމާދު ކުރުމަށް ތާވަލް ކޮށްފައި ވަނީ ހައްޖުމަހު 10 ވަނަ ދުވަހު ހެނދުނު 7.30ގައެވެ. އެއަށްފަހު ގޭގެއަށް އީދު ސަލާމް ކުރަން ދިއުމެވެ. ޢީދު ހަރަކާތްތަކުގެ ތެރޭގައި ބައެއް ނަމާދު ވަގުތުތައް ހިމަނާފައި ވެއެވެ.

ކުޅިވަރުގެ ހަރަކާތްތައް ވަނީ އީދުގެ 4 ދުވަހު ވެސް ކުރިޔަށް ގެންދިއުމަށް ހިމަނާފައެވެ. ކުޅިވަރުތައް ކުޅުމަށް ކަނޑައަޅާފައި ވަނީ ހަވީރު 4.15 އިން ފެށިގެންނެވެ. މިފަހަރު ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ބޮސް، ތިން ލޮނޑި، ފުޓުބޯޅަ، ވޮލީ، މަލަ އެރުވުން އަދި ބަށި ކުޅުން ހިމެނެއެވެ.

އީދުގެ 3 ވަނަ ދުވަހުގެ ރެއަށް ވަނީ ޒުވާނުންގެ ބާބެކިއެއް ތާވަލް ކޮށްފައެވެ. މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9.00ން ކައުންސިލް އިދާރާ ކުރިމަތީގައެވެ.

އީދުގެ ފަހު ދުވަހު 4.20ން ފެންކުޅި ކުޅުމަށް ރޭވިފައިވާ އިރު، ފެންކުޅި ކުޅުމަށް ކައުންސިލުން އެދިފައި ވަނީ ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ނުވާގޮތަށެވެ. ހަމަ އެދުވަހު ހަވީރު 4.30ން ގަސްއިންދުމުގެ ހަރަކާތެއް ރޭވިފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !