A wide advertisement which will be shown on all devices. (700 x 100)

ބޯޓުން މިހާރު ތެޔޮ ލީކުވާން ފަށައިފި، ހިތާމައިގެ ކޮޅެއްވެސް ނެތް !!

ފުވައްމުލަކު ފަރަށް އަރާފައިވާ ބޯޓު

ފުވައްމުލަކަކީ ނާޒުކު ތިމާވެއްޓެގެ މައްޗަ އެކުލެވިގެންވާ ރަށެކެވެ. މީގެ މަހެއްހާ ދުވަސް ކުރީން މިރަށުގެ ހުޅަނގު ފަރާތު ފަރަށް އެރާފައި އެވާ ވިއެޓްނާމްގެ އާގުބޯޓު ފުން ނުކުރެވި ވާ ކޮންމެ ދުވަހަކީ މިރަށުގެ ފަރަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބެމުންދާނެކަމެއް ކަން ކަށަވަރެވެ.

މި ބޯޓު ފުންނުކުރެވި ފުވައްމުލަކު ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދަނިކޮށް، އަނެއްކާވެސް މިވަނީ އެ ބޯޓުން މޫދަށް ތެޔޮ ލީކުވާން ފާށާފައިއެވެ. މިކަމުގެ ސަބުބުން މި ރަށު ރައްޔިތުންނާއި ތިމާވެއްޓަށް ލޯބިކުރާ މީހުންދަނީ ނުހަނު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގެ އެންމެ ހިތްގައިމު ޑައިވް ޕޮއިންޓް ނެތިގެންދާނެ ކަމަށް ޑައިވަރުން ބުނެއެވެ. އަނެއް ކޮޅުން މި ބޯޓުން ގަސްދުގައި ޕަމްޕުކޮއްގެން މޫދަށް ތެޔޮ އަޅަމުންދާ ކަމަށް ފުވައްމުލަކު ބައެއް މަސްވެރިން ތުހުމަތުކުރެއެވެ.

ބޯޓު ފުންކުރުމަށް އިތުރު ގޮތެއް ނެތްކަމަށް ބުނެ، ބޯޓުގައި ހުރި ހިލަތަށްވެސް ވަނީ ފަރުމައްޗަށް އުކާލަންފަށާފައިވެއެވެ. މިއީ އަނެއްކާވެސް ނުހަނު ކަންބޮޑުވާ ކަމެކެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ފަލާޙް ވިދާޅުވާ ގޮތުގައި ފުވައްމުލަކު ފަރަށް އަރާފައިވާ ބޯޓު ފުންކުރުމަށް މިހާ ގިނަ ދުވަސް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް އެކަމަށް އެކަށީގެންވާ ފަރުވާތެރިކަމެއް ދެމުންގެންދާ ތަނެއް ނުފެންނަ ކަމަށެވެ.

ރައްިޔުންގެ ކަންބޮޑުވުންތަށް މިކަލް ނޫހުށް ހިއްސާ ކުރުމުން ބައެއް ރައްޔިތުން ބުނި ގޮތުގައި މި ސަރުކާރުން ފުވައްމުލަކަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި، ސަރުކާރުން މި ބޯޓު ފުންކުރުމުގައި އެއްވެސް ސީރިއަސް ކަމެއް ނެތްކަމަށެވެ. ” ބޯޓު ފަރަށް އަރާފައި ވަނިކޮށް ނޫންތޯ ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިން އައިސް ބޮޑު ޖަލްސާ އެއް ބާއްވާފައި، މޮޅެތި ވާހަކަތައް ދައްކާފައި އެދިޔައީ، އެންމެ ކުޑަމިނުން މި ޖަލްސާގައި މިކަމުގެ ކަންބޮޑުވުމެއްވެސް ފާޅެއް ނުކުރޭ” މި ރަށުގެ ރައްޔިތަކު ކަންބޮޑުވުމާއި އެކު ހާމަކުރެއްވިއެވެ. އަދި ބައެއް ރައްޔިތުން ބުނި ގޮތުގައި ވެރިކަން ކުރާ ރަށް މާލޭގެ ފަރަށް، މި ބޯޓު އެރި ނަމަ ބޮޑު ކަންތަގަނޑަކަށް ހަދާފައި 2-3 ދުވަހުގެ ތެރޭގައި މި ބޯޓު ފުންކުރާނެ ކަމަށެވެ.

ކޮންމެ އެކަސް ބޮޑު އަދަދަކުން މި ބޯޓު ޖުރުމައިނާ ކުރިޔަސް ފުވައްމުލަކު ފަރަށް ލިބެމުންދާ ގެއްލުމުގެ އަގެއް އަދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް މި ބޯޓު ފުންކުރުމަކީ މިއަދު ފުވައްމުލަކު ރައްޔިތުންގެ އެންމެ ބޮޑު އެއް އާދޭހެއެވެ. ސަރުކާރުގެ އެންމެ މަތީ ފަޑިން ފެށިގެން މިކަމުގައި ސީރިއެސް މަސައްކަތްތަކެއް ކުރުމަށް ރައްޔިތުން އެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !