A wide advertisement which will be shown on all devices. (700 x 100)

އެމްބަސީން ބޭސްފަރުވާއަށް ޚަރަދުކޮށްފައި ވަނީ ގަވާއިދާއި ޚިލާފަކަށް ނޫން – ފަހުމީ

ކުރީގެ ސަފީރު ފަހުމީ އެމްބަސީގައި އުޅުއްވި ދުވަސްވަރު - ކޮރަޕްޝަންގެ ތުހުމަތު ތަކެއްގައި

މެލޭޝިއާގެ ދިވެހި އެމްބަސީގެ ސަފީރު ކަމުގައި މުހައްމަދު ފަހުމީ ހަސަން ހުންނެވި ދުވަސްވަރު އެ އެމްބަސީން ޚަރަދުތައް ކޮށްފައިވަނީ ގަވާއިދާއި އެއްގޮތަށް ކަމަށް ސަފީރު ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ މިކަލް ނޫހުގައި އިހައްދުވަހު އޯޑިޓް ރިޕޯޓަކާއި ހަވާލީދީ ލިޔުނު ޚަބަރަކަށް މިކަލް ނިއުސް ފޭސްބުކް ޕޭޖަށް ކޮމެންޓް ކުރައްވަމުންނެވެ.

މިކަލް ނޫހުގައި ހަވާލާދީފައި ވަނީ 2018ގެ ފޮރިން މިނިސްޓރީގެ އޯޑިޓް ރިޕޯޓުގައި މެލޭޝިއާގެ ދިވެހި އެމްބަސީން ގަވާއިދާއި ޚިލާފަށް ޚަރަދު ކުރިކަމަށް ކަނޑައަޅާފައިވާ ލައްކައެއްހާ ރުފިޔާގެ ވާހަކަ އަށެވެ.

ކުރީގެ އެމްބެސެޑަރ ފަހުމީ ވިދާޅުވެފައި ވަނީ އެމްބަސީގައި އުޅޫ  ކޮންމެ ސްޓާފްއަކާއި އަނބި/ފިރި މީހާއަށް މެޑިކަލް އެލަވަންސެއް ކަނޑައަޅަފައި އޮންނަ ކަމަށެވެ. އަދި އެ އަދަދުތައް ސްޓާފުންގެ އަތަށް ނުދީ ބަހައްޓާފައި ހުންނަނީ އެމްބަސީގެ ބަޖެޓްގެ ތެރޭގައި ކަމަށެވެ.

“އުސޫލު ހަމަޖެހިފައި އޮންނަނީ އެއިން އިންޝުއަރެންސަށް ނަގާފައި، އިންޝުއަރެނެސުން ކަވަރު ނުކުރާ މެޑިކަލް ޚަރަދުތައް އެމީހަކަށް ކަނޑައެޅިފައިވާ އޮންނަ މެޑިކަލް އެލަވަންސްއަށްވުރެ އިތުރު ނުވާގޮތަށް (ބަޖެޓް) އިން ކުރާގޮތަށް. އެއީ އެކަން ކޮށްފައިވާ ގޮތަކީ” ފަހުމީ ވިދާޅުވެއެވެ.

އެމްބަސީގެ މެޑިކަލް ޚަރަދުތައް ކުރާން އޮންނަގޮތް އޯޑިޓް އޮފީހަށް ނޭނގެނީ ކަމަށް ފަހުމީ ވިދާޅުވެފައިވާ ގޮތުން ދޭހަވެއެވެ. އަދި އެކަން އޮންނަގޮތް އޯޑިޓް ޓީމަށް ސާފުކޮށް ކިޔައިދީ، ކަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅި ކަމަށް އެމްބަސީގެ އޭރުގެ މާލީ ޒިންމާދާރު ވެރިޔާ (ނަޖީލް) ވިދާޅުވެފައިވާ ކަމަށް ފަހުމީ ބުނެއެވެ.

އެގޮތުން (ކަމުގެ އުސޫލާއި އެއްގޮތަށް) ގިނަ ސްޓާފުންގެ މެޑިކަލްއަށް ކުރެވިފައިވާ ޚަރަދުތަކެއް އެންމެ ސްޓާފެއްގެ ނަމުގައި ގެނެސް އެކަން ގޯސް ކަމެއްގެ ގޮތުގައި ދެއްކުމަކީ އޯޑިޓް އޮފީހުން ހިންގި ބޮޑު ޖަރީާއެއް ކަމަށް ފަހުމީ ސިފަ ކުރެއެވެ.

އޯޑިޓް ރިޕޯރޓްގައި ފާހަގަ ކޮށްފައިވަނީ ދެމީހަކާއި ގުޅެގޮތުން ކުރި ޚަރަދުތަކުގެ ވާހަކައެއެވެ. އެއީ ސަފީރު އާއި ކައުންސިލް-މިނިސްޓަރ (ފަހުމީ އާއި ފައިސަލް- އަދުރޭގެ ދަރިފުޅު) ގެ ވާހަކަ އެވެ. އެދެމީހުންނަށް ކޮށްފައިވ ާކަމަށް އޯޑިޓް ރިޕޯރޓުގައި ފާހަގަކޮށްފައިވަނީ 26360.00 ރުފިޔާ (ފަހުމީގެ ދެމަފިރިންގެ މެޑިކަލް ޗެކަޕްއަކަށް) އަކާއިި  ފައިސަލް އާއި އަންހެނުންގެ އައިނު ހެއްދުމަށް 72438.00 ރުފިޔާ އެކެވެ. އެއީ ޖުމްލަ 98798.00 ރުފިޔާއެވެ.

ފަހުމީ އެއިޝާރާތް ކުރައްވަނީ އިތުރު ކޮން ސްޓާފުންގެ ނަމުގައި ކުރި ޚަރަދެއްކަމެއް އެނގޭކަށް ނެތެވެ. އަދި ފަހުމީ އެވިދާޅުވަނީ އޭނާއަށް ނިސްބަތް ކުރެވުނު 26360.00 ރުފިޔާ ތޯ ނުވަތަ މުޅި ބަޖެޓުން ގަވާއިދާއި ޚިލާފަށް ޚަރަދުކުރި ކަމަށް އޯޑިޓް ރިޕޯރޓުގައި ކަނޑައާޅަފައިވާ ޖުމްލަ 98798.00 ރުފިޔާ ތޯ ވެސް ސާފެއް ނުވެއެވެ. ބޮޑަށް ބެލެވޭގޮތުން ފަހުމީ އިޝާރާތް އެކުރައްވަނީ އޭނާގެ މައްޗަށް ނިސްބަތް ކުރެވޭ 26360 ރުފިޔާ އަކީ އެކިސްޓާފުންގެ މެޑިކަލް ޗެކަޕަށް ކޮށްފައިވާ ޚަރަދު ކަމަށެވެ. ނަމަވެސް އެކަން ފަހުމީ ސާފުކޮށް ބުނެދީފައެއް ނުވެއެވެ.

މިކަމާއި ގުޅޭ އުސޫލުގެ 11 ވަނަ މާއްދާއަށް އެންމެ ފަހުން 2017 ވަނަ އަހަރު އިސްލާހު ގެނެސްފައި ވަނީ ފުރިހަމަ އިންޝުއަރެންސް ޚިދުމަތް ލިބެން ނުހުންނަ ގައުމުތަކުގައި އޯޕީޑީ ނުވަތަ އިންޝުއަރެންސް ސްކީމުން ޚަރަދު ނުލިބޭ ކަންކަމަށް ފައިސާ ދޫކުރެވިދާނެ ކަމަށެވެ.

މިއުސޫލުގެ ދަށުން މެލޭޝިއާގެ އެމްބަސީގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަނީ އެގައުމުގެ ހެލްތު އިންޝުއަރެންސް ސްކީމެގައި ބައިވެރިކޮށްދީ ފައެވެ. ވުމާއެކު އެސްކީމުގެ ބޭރުން އެމްބަސީގެ ބަޖެޓުން ސިއްހީ ކަންކަމަށް ޚަރަދުކޮށްފައި ވަނީ އުސޫލާއި ޚިލާފަށް ކަމަށް އޯޑިޓް ރިޕޯރޓުން ވަނީ ކަނޑައަޅާފައެވެ. އަދި އޯޑިޓް ރިޕޯރޓުގައި ހުށަހަޅާފައިވަނީ އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދީފައިވާ މުވައްޒަފުންނާއި އޭނާގެ އަނބިދަރިންގެ ސިއްޙީ ފަރުވާގެ ކަންކަމަށް އެއިގެ ބޭރުން އެއްވެސް ޚަރަދެއް ނުކުރުމަށެވެ.

މެލޭޝިއާގެ އެމްބަސީން ސަފީރު ފަހުމީގެ ދުވަސްވަރު ގަވާއިދާއި ޚިލާފަށް ލައްކައެއްހާ ރުފިޔާ އަމިއްލަ ބޭނުނަމަށް ޚަރަދުކޮށްފައިވޭ- އޯޑިޓް ރިޕޯރޓް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !