A wide advertisement which will be shown on all devices. (700 x 100)

ފޯ ސީސަން އެޕެރެންޓިސްޝިޕާއި ގުޅޭ މައުލޫމާތު ދިނުން މާދަމާވެސް ކުރިއަށް ދާނެ

ފޯސީސަންގެ ކުޑަ ހުރާ ރިސޯރޓް. ފޮޓޯ: ފޯސީސަން ވެބްސައިޓް

ފޯ ސީސަން ރިސޯޓްސްގެ “ހޮސްޕިޓަލިޓީ އެޕެރެންޓިސްޝިޕްސް” ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ދިނުމާއި ސްކްރީނިން އިންޓަވިއު ސެޝަނަށް އެއްދުވަސް އިތުރުކޮށް މާދަމާ (ސެޕްޓެމްބަރ 15) ވެސް އެސެޝަން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަަމަށް ފޯސީސަންގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު އަޒުލީން ވިދާޅުވެއްޖެއެވެ. 

މި ޕްރޮގްރާމާއި ބެހޭ މައުލޫމާތު ދިނުން ހެދުނު 10:00 ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު ގައި ފެށިގެން ކުރިއަށް ދާނެއެވެ. މި ޕްރޮގްރާމު އަމާޒުކޮށް ފައިވަނީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ދެޖިންސްގެ ޒުވާނުންނަށެވެ. ޚާއްސަކޮށް މިއަހަރު ގްރޭޑް 10 ގައި މިއަހަރު ކިޔަވަމުންދާ ދަރިވަރުން މިޕްރޮގްރާމް ގައި ބައިވެރިވުމަށް އެފަރާތުން އެދިލައްވައެވެ. 

މާދަމާ ސެޝަނުން ޝޯޓްލިސްޓްވާ ފަރާތްތަކަށް ދެވަނަ އިންޓަވިއުއަކަށް ދާން ޖެހިދާނެ ކަމަށާއި ބޮޑަށް ބުރަވެވޭ ގޮތުގައި ދެވަނަ އިންޓައިއުއެއްވެސް ބާއްވާނީ ފުވައްމުލަކުގައި ކަމަށްވެސް އަޒުލީން ވިދާޅުވިއެވެ. 2002 ވަނަ އަހަރުން ފެށިގެން ފޯސީސަޒުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން މިއަހަރު 60 ދަރިވަރުން ތަމްރީނު ކުރުމަށް ރޭވިފައިވެއެވެ.  ނެޝަނަލް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓް ލިބޭ މިޕްރޮގްރާމަކީ ރާއްޖޭގައި ހިންގޭ އެންމެ ކާމިޔާބު އެއް އެޕެރެންޓިސްޝިޕް ޕްރޮގްރާމެވެ. 

ހޮސްޕިޓަލިޓީ ދާއިރާގެ މައިގަނޑު ހުރިހާ ދާއިރާ ތަކުން ދަރިވަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވޭ މި އެޕެރެންޓިސްޝިޕް ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުން އަންނަ އަހަރު އެޕްރީލް 9 ވަނަ ދުވަހުން ފެށިގެން އެއްއަހަރު ދުވަހަށް ފޯސީސަން ގެ ކޮންމެވެސް ރިސޯޓެއް ގައި މަސައްކަތް ކުރުމާއިއެކު ކްލާސްރޫމް ސެޝަން ތަކެއް ވެސް ކުރިއަށް ދާނެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !